ކ. މާލެ
|
31 މެއި 2023 | ބުދަ 09:19
އެމްޓީސީސީގެ މުވައްޒަފުންތަކެއް
އެމްޓީސީސީގެ މުވައްޒަފުންތަކެއް
އެމްޓީސީސީ
އެމްޓީސީސީގެ އޭޖީއެމް
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ 15 ޖޫންގައި
 
2023 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުންވެސް ހިމެނޭ
 
2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅާ ފާސްކުރުމަށް ވަނީ ތާވަލު ކުރެވިފައި
 
ޖަލްސާގައި ބައިވެރިވެވޭނީ 12 އޭޕްރީލް 2023 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ދައުވަތު އަރުވައިފިއެވެ.

އެމްޓީސީސީން ބުނީ، 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ. އެގޮތުން ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ޖަލްސާގައި ބައިވެރިވެވޭނީ 12 އޭޕްރީލް 2023 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި ޖަލްސާގައި ތާވަލު ކުރެވިފައިވާ ބައެއް ކަންކަމަށް ބަލާއިރު، 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅާ ފާސްކުރުމާއި، އެ އަހަރުގެ އޮޑިޓުކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާއާއި  ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން ހިމެނެއެވެ.

އޭގެ އިތުރުން، 2022 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުމާއި، 2023 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުންވެސް ހިމެނެއެވެ.

އަދި ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމާއި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި މެމްބަރުން އިއުލާނު ކުރުންވެސް ހިމެނެއެވެ.

ކުންފުނީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެންމެހާ ހިއްސާދާރުން 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް