ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 12:36
އާރުޓީއެލް ބަހެއް
އާރުޓީއެލް ބަހެއް
އެމްޓީސީސީ
އާރުޓީއެލް
އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓު ތައާރަފުކޮށްފި
 
ކޭޝް ކާޑު ބޭނުންކޮށްގެން ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ
 
އީމެއިލް އެޑްރެހާއި ފޯން ނަންބަރު ވެރިފައި ކުރުމުން އާރުޓީއެލް ވޮލެޓް އެކްޓިވޭޓް ވާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓުގެ ފީޗަރ އިތުރުކޮށްފިއެވެ.

އާރުޓީއެލް އެޕްލިކޭޝަނަކީ އެމްޓީސީސީގެ ބަހުގެ ޚިދުމަތާއި ހައި ސްޕީޑް ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފު ކުރި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން ބަހާއި ފެރީ ޝެޑިއުލްތައް ބަލާލުމާއި ޓިކެޓް ނެގުމުގެ ޚިދުމަތް ވެސް އެމްޓީސީސީން ވަނީ ތައާރަފު ކޮށްފައެވެ.

މި އެޕްލިކޭޝަނަށް އަލަށް ތައާރަފު ކުރީ ޑިޖިޓަލް ވޮލެޓް "އާރުޓީއެލް ވޮލެޓް" ގެ ސަބަބުން ކަސްޓަމަރުންނަށް ކުރީބައިގައި ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެއެވެ. ޓިކެޓް ނެގުމަށް މި ވޮލެޓަށް ޓޮޕްއަޕްކޮށްފައި ހުންނަ ފައިސާ ބޭނުން ކުރެވޭނެއެވެ. އެގޮތުން، މި ވޮލެޓް ބޭނުންކޮށްގެން "ސްކޭން އެންޑް ރައިޑް" ފީޗަރ ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރުޓީއެލް ވޮލެޓް އެކްޓިވޭތް ކުރުމަށް އީމެއިލް އެޑްރެހާއި ފޯން ނަންބަރު ވެރިފައި ކުރަން ޖެހޭނެއެވެ. އެއަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން ވޮލެޓަށް ފައިސާ ޖަމާކޮށްލެވޭނެއެވެ.

އާރުޓީއެލްގެ ދަށުން ބަހާއި ހައި ސްޕީޑް ފެރީގެ ޚިދުމަތް ދެމުން އަންނައިރު ބަސްތަކުގައި ދާދި ފަހުން ވަނީ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ހަދައިފައެވެ.

އެމްޓީސީސީން ފޯރުކޮށްދޭ އާރުޓީއެލްގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
މުލަކަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އެމްޑީޕީއަށް ވެރިކަން ލިބުނު ނަމަ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އާރްޓީއެލްގެ ޚިދުމަތުން މުޅި ރާއްޖެ ގުޅުވާލެވޭނެ: ރައީސް ސޯލިހު
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި
އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި