ކ. މާލެ
|
29 މެއި 2023 | ހޯމަ 22:45
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ރާއްޖެއެމްވީ
ރައީސް ޞާލިހަށް އޮތް ތާއީދު
އެއްވެސް މަޖުބޫރުކަމެއްނެތި ރައްޔިތުން ބުނަމުންދަނީ ރައީސް ޞާލިހު ނޫން ވެރިއަކު ބޭނުން ނޫންކަމަށް: ސަމީރު
ރައްޔިތުންގެ އޮތް އެންމެ ބޮޑު އުންމީދަކީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ރައީސް ޞާލިހު މަސައްކަތްކުރެއްވުން

އެއްވެސް މަޖުބޫރުކަމެއްނެތި ރައްޔިތުން ބުނަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނޫން ވެރިއަކު ބޭނުންނުވާ ކަންކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ރައީސް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން އެނގިގެންދިޔައީ ފ. އަތޮޅުންވެސް އަދި އެހެން ރަށްރަށުންވެސް އާދަޔާ ޚިލާފު ތާއީދެއް ރައީސް ޞާލިހަށް ލިބި އެއް ބުރުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާތަންކަމަށެވެ. އެއްވެސް ރަށެއް ބެއްލެވުމެއްނެތި އަސާސީ ޚިދުމަތްތައް ހުރިހާ ރަށެއްގައި ފުރިހަމަކޮށްދެއްވަމުން ގެންދަވާތީ ރައްޔިތުންގެ ހިތުގައި މިސަރުކާރާ މެދު އިތުބާރު އެބައޮތްކަމަށް ސަމީރު ވިދާޅުވިއެވެ.

ރައްޔިތުންގެ އޮތް އެންމެ ބޮޑު އުންމީދަކީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ރައީސް ޞާލިހު މަސައްކަތްކުރެއްވުންކަމަށް ސަމީރު ވިދާޅުވިއެވެ. އެގޮތުން ރަށެއްގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ރައީސް ޞާލިހު ސީދާ ބައްލަވާ ގާތުން މަސައްކަތްކުރައްވާކަމަށް ސަމީރު ވިދާޅުވިއެވެ.

ވަކި ސިޔާސީ ފިކުރަކަށް ނުބައްލަވާ ކައުންސިލުތަކާއި ބައްދަލުކުރައްވަމުން އެގެންދަވަނީ. ކުރީގައި ރައީސުން އެހެންތޯ. އެބޭފުޅުން ދެކެވަޑައިގަތީ އެބޭފުޅުންގެ ޕާޓީގެ ބޭފުޅުން ވާހަކަ އެކަންޏޭ އަޑުއަހަންޖެހޭނީ. އެހެން ބައެއްގެ ވާހަކަ އަޑުއަހާކަށް ނުޖެހޭނޭ. އެހެން ނޫން ރައީސް ޞާލިހު. އެބަދަލު ރައްޔިތުންނަށް އެނގޭ.
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

ސަމީރު ވިދާޅުވީ ރައީސް ޞާލިހު މަސައްކަތްކުރައްވަމުން ގެންދަވަނީ ގައުމުގެ އިސްތިގުލާލު ނަގަހައްޓާ ރައްޔިތުންގެ ސުލްހަ މަސަލަސްކަން އިސްކުރައްވައިގެންކަމަށެވެ. މީގެކުރީގެ ސަރުކާރުތަކާއި އަޅާބަލާއިރު ރައީސް ޞާލިހުގެ ސަރުކާރުގެ މި ފަސް އަހަރު ފެނިގެންދަނީ ސުލްހަ މަސަލަސް އަމާން ގައުމެއްގެ ގޮތުގައި ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ މިސުލްހަ މަސަލަސްކަން ނަގާލަންކަމަށް ސަމީރު ވިދާޅުވިއެވެ.

- ކޮމެންޓް