Advertisement
ކ. މާލެ
|
29 މެއި 2023 | ހޯމަ 13:32
މިނިސްޓަރު ޝާހިދު
މިނިސްޓަރު ޝާހިދު
ހާރިޖީ ވުޒާރާ
މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނާކާމިޔާބުކޮށްލަން އެމްޑީޕީ ޕީޖީގެ ތްރީލައިން ވިޕެއް
އެންމެ ފުރަތަމަ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް މަޖިލީހަށް ހުށަހެޅީ މެއި މަހުގެ 15 ދުވަހު
އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ދީފައިވަނީ 22 މެއި 2023 ވަނަ ދުވަހު
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނާކާމިޔާބުކޮށްލުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.

އެ މައްސަލަ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

މިނިސްޓަރު ޝާހިދުގެ އާއި މެދު ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ދީފައިވަނީ 22 މެއި 2023 ވަނަ ދުވަހުއެވެ. އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ހުށަހަޅާފައިވަނީ 13 މެންބަރުންގެ ސޮޔާއެކުގައެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

Advertisement

އިދިކޮޅު ފަރާތްތަކުން ޝާހިދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ މޮރިޝަސްއާ ރާއްޖެ އާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރުމާ ބެހޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ބެލި މައްސަލާގައި ރާއްޖޭގެ އިމުން ބައެއް ގެއްލޭގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރުމަށްފަހުއެވެ.

އެންމެ ފުރަތަމަ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް މަޖިލީހަށް ހުށަހެޅީ މެއި މަހުގެ 15 ދުވަހުއެވެ. އެހެންނަމަވެސް އެ މައްސަލަ އަނބުރައި ގެންދިއުމަށްފަހު މިމަހުގެ 16 ވަނަ ދުވަހު އަލުން މައްސަލަ ހުށަހަޅާފައިވަނީ ބައެއް ބަދަލުތަކާ އެކުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ވަނީ މިގޮތަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ އެއްވެސް މައްސަލަ އެއް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް