ކ. މާލެ
|
29 މެއި 2023 | ހޯމަ 12:55
އީސީގެ މެންބަރުކަމަށް ނަޝާތުގެ ނަން ވަނީ ފޮނުވާފައި
އީސީގެ މެންބަރުކަމަށް ނަޝާތުގެ ނަން ވަނީ ފޮނުވާފައި
އީސީގެ މެންބަރުކަމަށް ނަޝާތުގެ ނަން
އީސީގެ މެންބަރުކަމަށް ނަޝާތަށް ރުހުން ހޯދަން ފޮނުވައިފި
ނަޝާތުގެ އިތުރުން 7 ބޭފުޅުން އީސީގެ މެންބަރުކަމަށް ކުރިމަތިލި
ނަޝާތު އަށް ރުހުން ހޯދަން ފޮނުއްވާފައި ވަނީ ހޯމަ ދުވަހު
ނަޝާތުގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައި

އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި ޢަލީ ނަޝާތު އެ ކޮމިޝަންގެ މެންބަރުކަމަށް އިތުރު ދައުރަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ނަޝާތުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ނަޝާތުގެ ދައުރު ހަމަވާން ކައިރިވެފައި ވާތީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ނަޝާތު އެ މަޤާމަށް އައްޔަން ކުރުމަށް ރައީސަށް ފެނިވަޑައިގަންނަވާތީ އޭނާ އެ މަޤާމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ފޮނުވީ ހޯމަ ދުވަހުއެވެ.

ޢަލީ ނަޝާތުއަކީ 2018 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

ނަޝާތުގެ އިތުރުން އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިޖާބަ ދިން ބޭފުޅުންނަކީ

1. ޒީނާ ޒާހިރު

2. މުހައްމަދު ޝާފިޢު

3. މުހައްމަދު ޝިހާބު

4. އާމިނަތު ހަސަން

5. ޙަދީޖާ ނަޢީމް

6. މުހައްމަދު ޝަފީޢު

7. އަލީ މުހައްމަދުމަނިކް އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް