ކ. މާލެ
|
28 މެއި 2023 | އާދީއްތަ 11:59
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ރާއްޖެއެމްވީ
ރައްޖޭގެ ކުރިއެރުމަށް ވާ ވައުދުތައް ފުއްދުން
ވައުދުތައް ނުފުއްދުމުން މިދިޔަ 50 އަހަރު ރައްޔިތުން ތިބީ އިންތިހާ އަށް ތަކުލީފާއެކު ގައިން ތާހިރުނުވެވޭ ހާލަތުގައި - ސައީދު
މި ސަރުކާރުން ރާއްޖޭގެ ކަރަންޓުގެ ނިޒާމް އޮތް ގޮތާއި މެދު ދިރާސާކޮށްފައިވޭ
އިންތިޚާބުތަކާއި ދިމާކޮށް ވައުދުވި ނަމަވެސް އެ ވައުދުތައް ނުފުއްދާ
ވައުދު ނުފުއްދުމުން ރައްޔިތުން ތިބި ހާލުގައި ކުރެއެރުމެއް ނުލިބި ތިބޭ ކަމަށް ސައީދު ވިދާޅުވި

ވާ ވައުދުތައް ނުފުއްދުމުގެ ސަބަބުން ފާއިތުވި 50 އަހަރު ދުވަހު ރައްޔިތުން ތިބީ އިންތިހާ އަށް ތަކުލީފާއި އެކުގައި ކަމަށާއި ރައްޔިތުން ތިބީ ގައިން ތާހިރު ނުވެވޭ ހާލަތުގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފ.ބިލެތްދޫ ދާއިރާގެ އައު އިންޖީނުގޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ކަރަންޓުގެ ނިޒާމް އޮތް ގޮތާއި މެދު ދިރާސާކޮށްފައިވާ ކަމަށެވެ. އެއަށް ފަހު ތިން ދަރަޖައަކަށް ޕްލޭނެއް އެކުލަވާލިކަމަށާއި ބިލެތްދޫ އަކީ އެ ޕްލޭންގެ ދަށުން އެންމެ ފުރަތަމަ އިންޖީނުގޭގެ ބިންގާ އެޅި އެއް ރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ނިމުމަކީ އުފަލެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެކަން ކޮށްދެވުނީ ސަރުކާރުގެ އިޚުލާސްތެރިކަމުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް ވައުދުވިނަމަވެސް އެ ވައުދުތައް ނުފުއްދާ ކަމަށާއި ރައްޔިތުން ތިބޭނީ ތިބޭ ހާލުގައި ކަމަށެވެ. އެގޮތަށް ކަންވަނީ މައިގަނޑު ތިން އިންތިޚާބެއް ކަމަށާއި އެއީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އަދި ކައުންސިލްތަކުގެ އިންތިޚާބު ކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަަށް ވިދާޅުވުމަށް ފަހު ދައުރު ނިމޭއިރު ވެސް އަނބުރާ އެ ރަށަކަށް ވެސް ވަޑައިނުގަންނަވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަޖިލީސް އިންތިޚާބުގައި މެންބަރުކަމަށް ހޮވުމަށް ހަމަ އެފަދަ ވައުދުތައް ވީ ނަމަވެސް ސަރުކާރާއި ގުޅިގެން ކަންކަން ކުރުމަށް އިރުޝާދު ދިނުމަށް ފަހު މެންބަރުން ވައުދު ފުއްދުމުން ރެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވެސް ރަށަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ވައުދުވާ ކަމަށާއި އެހެންނަމަވެސް އެ އިންތިޚާބު ކާމިޔާބު ކުރާ ކައުންސިލަރުން ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނުމަށް ފަހު ވައުދުތައް ނުފުއްދާ ދޫކޮށްލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އާއްމުން ތިބެނީ ތިބޭ ހިސާބުގައި ކަމަށާއި އެ މީހުންނަށް ކުރިއެރުމެއް ނުލިބޭ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ނަތީޖާ އަކަށް ވަނީ ރައްޔިތުން ތިބި ހާލުގައި ކުރެއެރުމެއް ނުލިބި ތިބުން ކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖެއިން ފެނުނު ކުލުނުވެރި ރައީސަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް ސައީދު ވިދާޅުވިއެވެ. އިޚުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ހަމައެކަނި ބޭފުޅަކީ ރައީސް ޞާލިހު ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހެނީ އެހެންވެގެން ކަމަށް ސައީދު ވިދާޅުވިއެވެ.

- ކޮމެންޓް