ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 15:22
ރައީސް، ދަރަނބޫދޫ ބަނދަރު ހުޅުއްވައިދެއްވަނީ
ރައީސް، ދަރަނބޫދޫ ބަނދަރު ހުޅުއްވައިދެއްވަނީ
ރައީސް އޮފީސް
ރައީސްގެ ފ. އަތޮޅު ދަތުރުފުޅު
ރައީސް، ދަރަނބޫދޫ ބަނދަރު ހުޅުއްވައިދެއްވައިފި
ދަރަނބޫދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 40.4 މިލިއަން ރުފިޔާއަށް
ދަރަނބޫދޫ ކައުންސިލް ރައީސް ވިދާޅުވީ އެ ރަށު ބަނދަރަކީ ރައްޔިތުން އުއްމީދު ކުރިވަރަށްވުރެ ފުރިހަމަ ބަނދަރެއް ކަމަށް
މި ސަރުކާރުން މަސައްކަތްކުރަނީ އާބާދީއަށް ބެލުމެއްނެތި އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް

ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ދައުލަތުގެ ވަޒީރުންނާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދަރަނބޫދޫ ބަދަރުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާޅު ކުރީ 40.4 މިލިއަން ރުފިޔާއަށެވެ.

ދަރަނބޫދޫ ކައުންސިލް ރައީސް އަބްދުލް ހަމީދު އާދަމް ވިދާޅުވީ އެ ރަށު ބަނދަރަކީ ރައްޔިތުން އުއްމީދު ކުރިވަރަށްވުރެ ފުރިހަމަ ބަނދަރެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުދި ބޮޑު އާބާދީއަކަށް ނުބަލައި ހުރިހާ ރަށަކަށްވެސް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާކަން އެ ރަށުން ފެންނަ އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވަނީ ދަރަނބޫދޫގެ ބަނދަރުގައި ހުރި ދަތިކަމުގެ ތަޖުރިބާ އަމިއްލަފުޅަށްވެސް ކުރެވުނު ކަން ފާހަގަކުރައްވާފައެވެ. އެގޮތުން, 2018 ވަނަ އަހަރު ރިޔާސީ ކެމްޕޭނުގައި އެ ރަށަށް ވަޑައިގެންނެވި ދުވަހު ކަނޑު ގަދަވެ, ބަނދަރަށް ވަންނަން އުނދަގޫވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅަމުން އައީ ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުގެ އަސާސަކީ މަދު އާބާދީ ދިރިއުޅޭ ރަށްތަކުގައި މަޝްރޫއުތައް ކުރިއަށް ނުގެންދިއުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ އާބާދީއަށް ބެލުމެއްނެތި އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަށުގެ ގިނަ މެމްބަރުންނަކީ އެމްޑީޕީ މެމްބަރުންނެއް ނޫން. ކުރީ ސަރުކާރުތަކުން ހަދާގޮތަށް އެފަދަ ރަށްތައް ފަހަތައް ޖައްްސާލައި ސަރުކާރަށް ތާއީދު ކުރާ މީހުން ގިނަ ރަށްތަކަށް ކަންކަން ކޮށްދެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ ސިޔާސަތަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން,
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަައްމަދު ޞާލިހު

ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކޮށް, ބޭރުތޮއްޓަކާއި އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. އަދި 140 މީޓަރުގެ ރިވެޓްމަންޓް ޖަހައި, ގްރޮއިން ޖެހުމާއި 2641 އަކަމީޓަރުގެ ސަރަހައްދެއްގެ ހާބަރ ޕޭވްމަންޓު ހެދުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ކޮށްފައެވެ.

ދަރަނބޫދޫގައި ކުރިން އޮތް ބަނދަރަކީ އެ ރަށުގައި 2007 ވަނަ އަހަރު ހެދި ބަނދަރެކެވެ. އެ ބަނދަރަކީ ހަނި ބަނދަރަކަށްވެފައި ނެރު ތިލަވުމުގެ ސަބަބުން އެ ރަށަށް ލަފާފުރާ އުޅަނދުތަކަށް ދަތިތަކާ ދިމާވެއެވެ. ނަމަވެސް އައު ބަނދަރާއެކު އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

- ކޮމެންޓް