Advertisement
ކ. މާލެ
|
25 މެއި 2023 | ބުރާސްފަތި 14:56
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖޫން 11 އަށް ތާވަލްކޮށްފި
އެ މައްސަލަ ހުށަހެޅީ 23 މޭއި 2023ގައި
ޕީޖީ ގްރޫޕުން އީވާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހު
އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައި

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފިއެވެ.

25 މޭއި 2023ގައި މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވަނީ އެ މައްސަލަ ޖޫން 11 ވާ އާދިއްތަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުންނެވެ. 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ގަރާރެއް ހުށަހަޅާފައި ވަނީ 23 މޭއި 2023ގައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ގްރޫޕުން އީވާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement

އީވާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅި ގަރާރުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި ހުރެ، ފާއިތުވި މުއްދަތުގައި ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދިނުމަށް އިންކާރުކުރުމާއި، އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ބަލިކަށިކުރުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެހެންކަމަށްވާނަމަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.

އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެކަމަށް މީގެ ކުރިން ވިދާޅުވިއެވެ. އެހެންނަމަވެސް ނައިބު ރައީސް ކަމުގެ މަޤާމު މުހިންމު ނޫން ކަމަށާއި މަޤާމު ދިފާއު ކުރެއްވުމުގެ ގޮތުން "ސިޔާސީ ބޮޑު ކަސްތޮޅެއްގައެއް" ނުހުންނަވާނެކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް