ކ. މާލެ
|
25 މެއި 2023 | ބުރާސްފަތި 07:54
ފިލިތެޔޮ އައިލެންޑް ރިސޯޓް ކައިރި ކަނޑުގެ އަޑިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައި
ފިލިތެޔޮ އައިލެންޑް ރިސޯޓް ކައިރި ކަނޑުގެ އަޑިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައި
ޓްރިޕް އެޑްވައިޒަރ
މަސްތުވާތަކެތި
ފިލިތެޔޮ ކައިރި ކަނޑު އަޑިން ފެނުނީ 45 ކިލޯ ހެރޮއިން، ވެރި ފަރާތެއް ނުހޯދުނު
 
މިތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި
 
މަސްތުވާތަކެތި ފެނުނީ ފާނަ ނަގާ ބަޔަކަށް

ފ. އަތޮޅު ފިލިތެޔޮ ކައިރީ ކަނޑު އަޑީގައި ފޮރުވާފައި ހުއްޓާ ފެނުނީ 45 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފިލިތެޔޮ ކައިރި ކަނޑުގެ އަޑީގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އޮޕަރޭޝަންގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން ކަމަށް ބެލެވޭ 45 ކިލޯ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި މަސްތުވާތަކެތި ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ފ. ފީއަލިން ފާނައިގެ މަސްވެރިކަން ކުރަން ގޮސް އުޅުނު ބަޔަކަށެވެ. އަދި އެތަކެތި ފީއަލީގައި ތިބި ފުލުހުންނާ އެދުވަހު ވަނީ ހަވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް