ކ. މާލެ
|
24 މެއި 2023 | ބުދަ 09:39
މަރާމާރީ ހިންގި މައްސަލައިގައި ހޯދަމުންދިޔަ މީހާ
މަރާމާރީ ހިންގި މައްސަލައިގައި ހޯދަމުންދިޔަ މީހާ
ޕޮލިސް
ގެއަކަށް ވަދެ މާރާމާރީ ހިންގުން
ގެއަކަށް ވަދެ މާރާމާރީ ހިންގުމުން ހޯދަމުން ދިޔަ ސަމީން އަމިއްލަ އަށް ފުލުހަށް ހާޒިރުވެއްޖެ
އޭނާ ވަނީ އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައި
އޭނާ ހޯދަމުން ދިޔައީ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދެއްކި މައްސަލައިގައި

މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި، ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ މީހާ އަމިއްލަ އަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

ފުލުލުހުން ބުނީ ރ. މަޑުއްވަރީ / ދެތަނޑިމާގެ، 34 އަހަރުގެ އިބްރާހީމް ސަމީން ހޯދަމުން ދިޔައީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އަންގާރަ ދުވަހު އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

Advertisement

ފުލުހުން ބުނީ އިބްރާހީމް ސަމީން ހޯދަމުންދިޔައީ މެއި 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދެއްކި މައްސަލައިގައި ކަމަށެވެ.

އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ލިބިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް