ކ. މާލެ
|
23 މެއި 2023 | އަންގާރަ 18:04
މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި
މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި
އޭ.އެން.އައި
އިންޑިއާ-ޕާކިސްތާން
މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި
މިއީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓައިލި ފަސް ވަނަ ޑްރޯން
ޑްރޯންގައި ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފަހުރި ދެ ޕެކެޓް ވަނީ އައްސާފައި
ހޯމަ ދުވަހުގެ ރޭ ، ޕާކިސްތާންގެ ޑްރޯނެއް ވަނީ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ވަނުމަށް މަސައްކަތްކޮށްފައި

އިންޓަނޭޝަނަލް ބޯޑަރު ހުރަސްކޮށް، ޕާކިސްތާނުން އަމްރިތުސަރަށް ވަންނަން އުޅުނު އިތުރު ޑްރޯނެއް އަމްރިތުސަރުގެ ބޯޑަރ ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން ވައްޓާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި، ޕާކިސްތާންގެ ޑްރޯނެއް ވަނީ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ވަނުމަށް މަސައްކަތްކޮށްފައެވެ. މި ޑްރޯން ބީއެސްއެފްއިން ވައްޓާލައި ބެލިއިރު، ޑްރޯންގައި ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފަހުރި ދެ ޕެކެޓް ވަނީ އައްސާފައެވެ. މިއީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިއީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އަމްރިތުސަރުގެ ބީއެސްއެފް އިން ވައްޓާލި ފަސް ވަނަ ޑްރޯންއެވެ.

ހަތަރު ވަނަ ޑްރޯން އަމްރިތުސާރްގެ ބީއެސްއެފް އިން ވައްޓާލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. މި ޑްރޯން ފެނިފައި ވަނީ ދަނޯ ކަލަން އަވަށް ކައިރިންނެވެ.

ބީއެސްއެފް އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ވައްޓާލި ޑްރޯންގައި 3.3 ކިލޯގްރާމްގެ ހިރޮއިން ހިމެނޭ ތިން ޕެކެޓް އައްސާފައި އޮތެވެ.

ހުކުރު ދުވަހުގެ ރޭ އަމްރިތުސަރުން ވަނީ އެސަރަހައްދަށް ވަދެ އުޅުނު ޕާކިސްތާންގެ ތިން ޑްރޯން ވައްޓާލާފައެވެ. މިތަނުން އެއް ޑްރޯން ޕާކިސްތާންގެ ސަރަހައްދަށް ވެއްޓުނުއިރު، ދެ ޑްރޯން ބީއެސްއެފް އިން ވަނީ ހޯދާފައެވެ.

ހަތަރު ދުވަހުގެ ތެރޭގައި ޕާކިސްތާންގެ ފަސް ޑްރޯން، އިންޑިއާގެ ސިފައިން ވައްޓާލާފައި މިވަނީ އަމްރިތުސަރުގެ ބީއެސްއެފް އާއި ޕަންޖާބު ޕޮލިސްގެ އޮފިޝަލުންގެ ދެމެދު ހައި ލެވެލް ބައްދަލުވުމެއް ބޭއްވުނުތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިގެން ގޮސްފައި ވަނީ ބޯޑަރު ހުރަސްކޮށް، ހަތިޔާރާއި ވަޒަން އަދި މަސްތުވާތަކެތި އެތެރެކުރުމަށް ޑްރޯން ބޭނުންކުރަމުންދާތީ އެކަންތައް ހުއްޓުވަމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.

- ކޮމެންޓް