ކ. މާލެ
|
23 މެއި 2023 | އަންގާރަ 16:30
މަރާމާރީ ހިންގި މައްސަލައިގައި ހޯދަމުންދާ މީހާ
މަރާމާރީ ހިންގި މައްސަލައިގައި ހޯދަމުންދާ މީހާ
ޕޮލިސް
މާރާމާރީ ހިންގުން
ގެއަކަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ހޯދަނީ
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ރ. މަޑުއްވަރީ / ދެތަނޑިމާގެ، 34 އަހަރުގެ އިބްރާހިމް ސަމީން
އޭނާ ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި، ހަމަލާދީފައި
މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައި

މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި، ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި މައްސަލަ ތަހުގީގުކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ރ. މަޑުއްވަރީ / ދެތަނޑިމާގެ، 34 އަހަރުގެ އިބްރާހިމް ސަމީން އެވެ. 

ފުލުހުން ބުނީ އިބްރާހިމް ސަމީން ހޯދަމުންދަނީ މެއި 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކާ ކަމަށެވެ.

މި މީހާއާ ބެހޭ  އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް