އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާގެ ނޭޝަނަލް ގާޑްގެ އެޖުޖެންޓް ޖެނެރަލް އެމްޖީ ޖޯން ޕީ ރޮނެކް، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެ ޒިޔާރަތްކުރައްވާފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި މޮންޓާނާއާ ދެެމެދު އެމްއެންޑީއެފްގެ ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރެވިދާނެ ގޮތާމެދު މަޝްވަރާކުރެއްވިއެވެ.
އަދި ކުއްލިއަކަށް ދިމާވާ ހާލަތްތަކަށް ދުރާލާ ތައްޔާރުވުމަށް އެހީތެރިވުމާމެދު މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމާ މެދު އެ ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.