ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 14:17
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
ވަޒީފާގެ ބިރުދެއްކުން
މި ސަރުކާރުން ވަޒީފާގެ ބިރުވެރިކަން ދައްކަމުންދަނީ އިންތިހާއަށް: މާރިޔާ
 
މާރިޔާ ވަނީ މި ސަރުކާރުގެ ޚަރަދުބޮޑުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައި
 
ސަރުކާރުގެ ކުންފުނިތަކުން ވަކި ބަޔަކު ވަޒީފާއިން ވަކިކޮށް، އެއަށްވުރެ ގިނަ މީހުން ވަޒީފާތަކަށް ވައްދަމުންދާކަމަށް ވިދާޅުވި

މިއަދުގެ ސަރުކާރުން ވަޒީފާގެ ބިރުވެރިކަންވެސް ދައްކަމުންދަނީ އިންތިހާއަށްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުން، ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން ވަކި ބަޔަކު ވަޒީފާއިން ވަކިކޮށް، އެއަށްވުރެ ގިނަ މީހުން ވަޒީފާތަކަށް ވައްދަމުންދާކަންވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ސަރުކާރުން ވަޒީފާގެ ބިރުވެރިކަންވެސް ދައްކަމުންދަނީ އިންތިހާއަށްކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވާ ގޮތުގައި އެމްބަސީތަކުގައިވެސް ކަންކަން ހިނގަމުންދަނީ އެމަގުންނެވެ.

އަޅުގަނޑުމެންނަށް އަޑުއިވޭ ބައެއް މުއައްސަސާތަކުން ޚަރަދު ކުޑަކުރަނީއޭ ބުނާ މަންޒަރު، އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ މުޅިން އެހެން މަންޒަރެއް
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މާރިޔާ ވަނީ މި ސަރުކާރުގެ ޚަރަދުބޮޑުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

މާރިޔާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ރާއްޖޭގެ އިސްތިގުލާލު ގެއްލިގެން ދާކަން ފާހަގަ ކުރައްވައި އިންޑިއާ ސިފައިން ބޭރުކުރައްވާނެކަމަށް ވިދާޅުވުން އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. ނަމަވެސް 100 ދުވަސް ވީއިރުވެސް އެމީހުން އަދިވެސް އެބަތިބި ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ޚަރަދުކުޑަކުރުމުގެ ނަމުގައި ފެނަކައިން 900 މުވައްޒަފުން ވަޒީފާއިން ވަކިކުރިއިރުގައި ރައީސް މުއިއްޒު 28 މިލިއަން ރުފިޔާ ޚަރަދުކުރައްވައި، ގައުމީ ދިދައާ ދިމާލަށް އެނބުރިވަޑައިގެން ވާހަކަފުޅު ދެއްކެވިކަމަށް ވިދާޅުވެ މާރިޔާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގައުމިއްޔަތޭ ވިދާޅުވެ، ގައުމު ނަގައި ބޮލަށް ޖަހަމުން ދާއިރު ރައްޔިތުންނާމެދު ނުވިސްނާ ވެރިއަކު މިނޫނީ ނުދެކޭކަމަށާއި، އެހެންކަމުން މި ކަންކަމުން ރައްޔިތުން ސަލާމަތްވުމަށްޓަކައި 21 އޭޕްރީލްގައި ވޯޓުލާން ނިކުމެ، ވަކި ބޭފުޅަކަށް ވަކި ނަމަކަށް ބެލުމެއްނެތި ތިލަފަތަށް ވޯޓު ދިނުމަށް މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް