Advertisement
ކ. މާލެ
|
21 މެއި 2023 | އާދީއްތަ 22:20
ދިވެހި ފަންނާނެއްގެ ކުރެހުން ރައިސް ޞާލިހް ބައްލަވާލައްވަނީ
ދިވެހި ފަންނާނެއްގެ ކުރެހުން ރައިސް ޞާލިހް ބައްލަވާލައްވަނީ
ރައީސް އޮފީސް
ފަންނާނުންނަށް ފުރުސަތު ހޯދައިދިނުން
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ޔުމްނާ
މާލޭގައި މަސައްކަތް ކުރާ ފަންނުންވެރިންނަށް ފަހިފުރުސަތުތަކެއް ހޯދައިދެވިފައިވޭ
ނޭޝަނަލް އާޓް ގެލަރީ ފުރަތަމަ ހުޅުވިގެން ދިޔައީ 2005 ވަނަ އަހަރު

ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާޓް ގެލެރީތައް ހުޅުވައި ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވާދެއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފަހިފުރުސަތުތައް ހޯދައިދޭން ބޭނުންވާ ކަމަށެވެ. މާލޭގައި މަސައްކަތް ކުރާ ފަންނުންވެރިންނަށް ފަހިފުރުސަތުތައް ހޯދައިދިނުމަށް ކުރި މަސައްކަތުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މިނިސްޓަރު ޔުމްނާ ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އުތުރާއި ދެކުނުން ރާއްޖޭގެ އެކި ހިސާބުތަކުގައި އާޓް ގެލަރީތައް ނުވަތަ އާޓްސް އެންޑް ކަލްޗަރ ސެންޓަރުތައް ހުޅުވިގެން ދިއުމަކީ އުންމީދެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ އެމަސައްކަތް ކުރެވުމުން ފަންނު ވެރިކަމާއި ސަގާފަތް ދިރުވައި، ތަރިކަ ރައްކާތެރިކުރުމަށް އިތުރު ބާރަކަށްވެގެންދާނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރައިގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ އެރަށެއްގައި ސަގާފަތާއި ތަރިކަ ރައްކާކޮށް، އެފަދަ މަރުކަޒުތައް ގާއިމްކުރެވިގެން ދިއުމުން ފަތުރުވެރިންގެ ޝައުގުވެރިކަން އުފެދި، އެރަށަކަށް ދާން ބޭނުންވާ ކަމަށެވެ.

އެތައް ރަށްތަކެއްގައި ގެސްޓްހައުސްތައް އުފެދިގެން އެދަނީ. ނަމަވެސް ވަކި ރަށެއް އެފަތުރުވެރިޔާ ދާން ޖެހޭ ސަބަބަބަކީ ކޮބައިތޯ. ފަތުރުވެރިޔާ މިހާރު ވެއްޖެޔާ ބަލާލަނީ އިންޓަނެޓުން ކޮންރަށަކަށްތޯ ދާނީ. ބަލާލާއިރު ޝައުގުވެރިވާނެ ކަންތައްތަކެއް ހުރިއްޔާ އެރަށަކަށް ދާން ފަތުރުވެރިޔާ ނިންމާނީ. މިސާލަކަށް އަޅުގަނޑުމެންގެ ދުވަސްވީ ހިރިގަލު މިސްކިތް ހުރިސައިޓެއް. ނޫނީ އެރަށެއްގެ އާދަކާދަ ދައްކައިދޭ ރަށުގެ ފަންނުވެރިކަން ދައްކައިދޭ މިއުޒިއަމެއް ނޫނީ ގެލަރީއެއް މިކަންކަން އަޅުގަނޑުމެންގެ ވިޝަން އަޅުގަނޑުމެންގެ ތަސައްވުރަކީ މިކަހަލަ ތަންތަން ރާއްޖޭގެ އެކި ހިސާބުތަކުގައި އުފެދިގެން ދިއުން. އޭރުން ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރައިގެންދާނީ. ފަންނާނުން އުފެއްދުންތައް ވިއްކޭނެ މަގުތައް ހުޅުވާލައިގެން ދެމެހެއްޓެނިވި ގޮތަށް މިދާއިރާ ތަރައްގީ ކުރެވޭނީ.
މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

ނޭޝަނަލް އާޓް ގެލަރީ ފުރަތަމަ ހުޅުވިގެން ދިޔައީ 2005 ވަނަ އަހަރެވެ. 2006 ވަނަ އަހަރު ޕަރމަނަންޓް ކަލެކްޝަން ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ކުރެވި، ކުރެހުންތައް އެއްކުރުމުގެ މަސައްކަތް އެކި ސަރުކާރުތަކުން ކޮށްފައިވެއެވެ. ނަމަވެސް ޕަރމަނަންޓް ކަލެކްޝަންއެއް ގާއިމް ކުރެވިގެން ދިޔައީ މިސަރުކާރުން ކުރި މަސައްކަތުންނެވެ.

21 މެއި 2023 ގައި ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވުމާއި ގުޅިގެން މި މެއި މަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 10ން ރޭގަނޑު 10ށް އަދި އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ހެނދުނު 10 ން އިރުއޮއްސި 6 ށް ނަމާދު ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ޕަރމަނަންޓް ކަލެކްޝަން ހުންނާނީ ހިލޭ ވަދެވޭގޮތަށް އާންމުކޮށް ހުޅުވާލެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް