Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 08:59
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
ރާއްޖެ އެމްވީ
ޔުމްނާގެ ރައްދު ފިރުޒުލްއަށް
ދިވެހި ބަހުގެ އެކަޑެމީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވަން: މިނިސްޓަރު ޔުމްނާ
އެކަޑެމީގެ ކަންކަން ހިނގާ ގޮތް އެނގެން ޖެހޭނެ
ފައިސާގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް

ދިވެހި ބަހުގެ އެކަޑެމީ އަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައެއް ނުވާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.

ފިރުޒުލް ވިދާޅުވެފައިވަނީ މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ބައެއް މައްސަލަތައް ފާހަގަކުރެވެމުންދާ ކަމަށެވެ.

Advertisement

އެގޮތުން ބައެއް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ބައެއް މުއައްސަސާތަކަކީ އިލްމީ ފަންނީ މުސްތަގިއްލު މަސައްކަތްތައް ކުރުމަށް ގާނޫނު ތަސައްވުރުކޮށްފައި ހުންނަ މުއައްސަސާތައް ކަމަށެވެ. ނަމަވެސް އެ މުއައްސަސާތަކުން ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން ގާނޫނުން ތަސައްވުރުކޮށްފައިވާ ޒިންމާ އަދާކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެ މުއައްސަސާތަކަށް ލިބެންޖެހޭ ވަސީލަތާއި، ބަޖެޓާއި، އިންސާނީ ވަސީލަތް ލިބުމުގެ ދަތިތައް ސަބަބުން އެބޭފުޅުންގެ ކުރަން ބޭނުންވާ އިލްމީ ފަންނީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅި އެބޭފުޅުންގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ދަތިތަކެއް ކުރިމަތިވެފައި ހުރިކަން އެ މުއައްސަސާތަކުން ފާހަގަކުރަމުންދާ ކަމަށެވެ. މިއީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފިރުޒުލް ފާހަގަކުރެއްވިއެވެ.

ފިރުޒުލްގެ މިތުހުމަތުތަކަށް ރައްދުދެއްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ދިވެހި ބަހުގެ އެކަޑެމީ އަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށެވެ. އެކަޑެމީ ހިނގަމުން އައިސްފައިވާނީ ގާނޫނީ ވެރީންގެ ދަށުން ކަމަށާއި، ސިޔާސީ ވެރިއެއް ނުވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެކަޑެމީ އޮންނަނީ މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި މެންޑޭޓު ކުރައްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ޖަވާބު ދާރީ ވާންޖެހޭ ވަޒީރަކީ އެކަމަނާ ކަމަށާއި، އެކަޑެމީގެ ކަންކަން ހިނގާ ގޮތް އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ފައިސާގެ ކަންކަން ކުރިޔަށް ގެންދަން ޖެހެނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް