Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 18:49
ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ރައީސް ސާލިހާއެކު
ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ރައީސް ސާލިހާއެކު
އެމްޑީޕީ
ފަންނާނުން ރައީސަށް ތާއީދުކުރުން
ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ރައީސް ސާލިހަށް ތާއީދުކޮށްފި
މިޔުޒިކީ ދާއިރާއާއި އާޓިސްޓުންގެ ތެރެއިންވެސް އެންމެ ފުންނާބު އުސް ފަންނާނުން ހިމެނޭ
ރައީސް ވަނީ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލުމަށް ނުކުތުމަށް ހިތްވަރުދިނުމަށް ފަންނާނުންގެ ކިބައިން އެދިވަޑައިގެންފައި

ރާއްޖޭގެ ގިނަ ފަންނާނުންތަކެއް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާއެކުކަން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު، ގިނަ އަދަދެއްގެ ފިލްމީ ފަންނާނުންނާއި, މިޔުޒިކީ ގިނަ ފަންނާނުންނާއި, ފޮޓޯގްރާފަރުންނާއި, އާޓިސްޓުން ވަނީ ރައީސް ސާލިހުއާ ބައްދަލުކޮށްފައެވެ.

އެމްޑީޕީން ބުނީ ރައީސާއެކު ތިބިކަން ހާމަކުރި ފަންނާނުންގެ ތެރޭގައި؛ ފިލްމީދާއިރާއާއި, މިޔުޒިކީ ދާއިރާއާއި، އާޓިސްޓުންގެ ތެރެއިންވެސް އެންމެ ފުންނާބު އުސް ފަންނާނުން ހިމެނޭ ކަމަށެވެ.

ރައީސް ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނުކުތުމަށް ހިތްވަރުދިނުމަށް ފަންނާނުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ފަންނާނުން ވަނީ އެކަން ކޮށްދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ. ވޯޓު އިތުރުކުރުމަށް ވެސް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފަންނާނުން ރައީސަށް ދަންނަވާފައި ވެއެވެ.

މި ހިނގާ ދައުރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި ތަރައްގީއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދިން ދައުރުކަން ފަންނާނުން ފާހަގަކުރެއެވެ.

Advertisement

މި ސަރުކާރުން ފަންނާނުންގެ ކުރިއެރުމަށް ކޮށްދިން މަސައްކަތްތަކުގެ ތެރޭގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުން ހިމެނެއެވެ.

ޒަމާނީ އޮލިމްޕަހުގައި ވަނީ 72 ފިލްމް ޝޯވއާއި 21 މިޔުޒިކް ޝޯވ ދައްކާފައެވެ. އޮލިމްޕަސް ތަރައްގީކޮށްފައި ވަނީ ފަންނާނުންނަށް ޕްރެކްޓިސް ކުރެވޭނެ އިންތިޒާމްތަކާ އެކުއެވެ. ޒަމާނީ އޮލިމްޕަސް ތަރައްގީކުރިފަހުން އެތަން، 1500އަށްވުރެ ގިނަ ފަންނާނުން ޕްރެކްޓިހަށް ބޭނުންކޮށްފައިވެއެވެ. ފަންނުވެރިންގެ ކުރިއެރުމަށް ފަހިކޮށްދިން ފުރުސަތުތަކުގެ ތެރޭގައި؛ ފަންސާހަށްވުރެ ގިނަ ބައިނަލްގުވާމީ ހަރަކާތުން، 400އަށްވުރެ ގިނަ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. އަދި ފަންނުވެރިންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

މީގެ އިތުރުން އާރޓް ގެލެރީގެ ޚިދުމަތް ފުޅާކުރުމަށް 31ށްވުރެ ގިނަ މައުރަޒު ވަނީ ބާއްވާފައެވެ. އެފުރުސަތުތަކުގެ ބޭނުން 500އަށްވުރެ ގިނަ ފަންނުވެރިން ހިފާފައިވާއިރު، 120,000ށްވުރެ ގިނަ މީހުން ފަންނުވެރިންގެ މަސައްކަތްތައް ދެކިލަން ޒިޔާރަތްކޮށްފައިވެއެވެ.

ފަންނާނުންގެ ކުރިއެރުމަށް, ފަންނުވެރިންގެ ދާއިރާއަށް ޚާއްސަކޮށް ކުރިއަށް އޮތް ދައުރަށްވެސް ރައީސް ސާލިހު ވަނީ ފަންނާނުގެ އަޑު އައްސަވައިގެން މުހިންމު ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނުއްވާފައެވެ. އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ އިންޓަރނޭޝަނަލް ޕްރޮޕަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތްކުރުމުގެ އާ ގާނޫނެއް ވުޖޫދުކުރުމެވެ. އަދި މުޅި ރާއްޖޭގައި ފަންނާނުން މަސައްކަތްކުރާނެ މާހައުލުތައް ގާއިމްކުރުމާއި, ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދައްކާލި ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. މާލީ އެހީތެރިކަން ފޯރުކޮށްދީގެން ފަންނާނުންނަށް ފުރުސަތުތައް ހުޅުވާލުމަކީ މެނިފެސްޓޯގައި ހިމަނާފައިވާ މުހިއްމު ވައުދުތަކެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް