Advertisement
ކ. މާލެ
|
20 މެއި 2023 | ހޮނިހިރު 06:07
މާފުށި ޖަލު
މާފުށި ޖަލު
ރާއްޖެއެމްވީ
ޖަލުގެ ތަފާސްހިސާބު
މަރޗް މަހު 44 މީހުން ޖަލަށްލި، އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި
ޖަލަށްލީ މީހުންގެ ތެރެއިން 39 މީހުންނަކީ ޖަލަށްލުމަށް ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށް ގެންދެވުނު މީހުން
މަރޗް މަހު 32 މީހަކު ޖަލުން މިނިވަންވެފައިވޭ

މަރޗް މަހު 44 މީހުން ޖަލަށްލާފައިވާއިރު އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ޑްރަގުގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަރެކްޝަންސް އިން އާންމުކޮށްފައިވާ މަރޗް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މަރޗް މަހު ޖަލަށްލީ މީހުންގެ ތެރެއިން 39 މީހުންނަކީ ޖަލަށްލުމަށް ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށް ގެނެދެވުނު މީހުންނެވެ. އަދި 5 މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.

ޖަލަށް މީހުން ލާފައިވާ މައްސަލަތަކަށް ބަލާއިރު 43.6 އިންސައްތަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ދެން އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. އެފަދަ މައްސަލަތަކުގައި 20.5 އިންސައްތަ މީހުން ޖަލަށް ލާފައިވެއެވެ. އެންމެ މަދު ކުށްތަކުގެ ގޮތުގައި ތަފާސްހިސާބުން ހާމަވަނީ އޮޅުވާލުމާއި، މަކަރު ހެދުމާއި، ތަކެއްޗަށް ގެއްލުންދިނުމާއި އިންޒާރު ދިނުމެވެ.

Advertisement

މަރޗް މަހު 32 މީހުން ޖަލުން މިނިވަންވެފައިވެއެވެ. އޭގެތެރެއިން 19 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހުންނެވެ. 13 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންނެވެ.

މިނިވަންވި ގައިދީންގެ ތެރޭގައި ހިމެނޭ 14 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުނު ގައިދީންނެވެ. ތިން ގައިދީއަކީ ކްލެމެންސީގެ ދަށުން މިނިވަންވި ގައިދީންނެވެ. އަދި އެއް ގައިދީއަކު ޕެރޯލްގެ ދަށުން މިނިވަންވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް