Advertisement
ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 20:00
މިފްކޯގެ ޖަރީޒާ 103
މިފްކޯގެ ޖަރީޒާ 103
ރާއްޖެއެމްވީ
މިފްކޯ
މިފްކޯގެ "ޖަޒީރާ 103"ން މަސް ކިރަން ފަށައިފި
ބޯޓުގެ ދެ ފަރާތުން އެއްފަހަރާ ފަސޭހަކަމާއެކު މަސް ކިރޭ
މި ބޯޓަކީ 120 މެޓްރިކްޓަނުގެ މަސް ގަނެ، ފިނިކުރެވޭނެ ބޯޓެއް
މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެ

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ކުންފުނިން ގެނައި "ޖަޒީރާ 103"ން މަސް ކިރަންފަށައިފިއެވެ.

މި ބޯޓުން ޚިދުމަތް ދޭން ފެށީ ބުރާސްފަތި ދުވަހު ހަވީރު ގދ. ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ހިދުމަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީއާއި، އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދުގެ އިތުރުން, މިފްކޯގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، ހުވަދޫގެ މަސްވެރިންނާއި އޮޑިވެރިން ބައިވެރިވިއެވެ.

Advertisement

މިފްކޯއިން ގެނައި މި ބޯޓަކީ 120 މެޓްރިކްޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ބޯޓެކެވެ. އަދި މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަަށް މިފްކޯއިން މައުލޫމާތުދެއެވެ.

"ޖަޒީރާ 103"ކީ ބޯޓުގެ ދެ ފަރާތުން އެއްފަހަރާ ފަސޭހަކަމާއެކު މަސް ކިރޭގޮތަށް، ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ.

މިފްކޯގެ ޖަރީޒާ 103ށް މަސް ކިރަނީ - ރާއްޖެއެމްވީ

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ، ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވިކަމަށާއި، ޖަޒީރާ 103ގެ އޮޕަރޭޝަން ފެށުމަކީ އެކަން ހައްލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިހާރުވެސް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރު 3 ބޯޓެއްގެ މޮޑިފިކޭޝަން މަސައްކަތް ކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް އެ ބޯޓުތައްވެސް އޮޕަރޭޝަނަށް ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

2021 ވަނަ އަހަރުވެސް މިފްކޯއިން ވަނީ 300 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ހުރި، އަދި ދުވާލަކު 120 ޓަން ފްރީޒްކުރެވޭ އުޅަނދަކާއި، މަސް އެކްސްޕޯޓުކުރުމަށް 2،400 ޓަނުގެ ކެރިއަރެއްވެސް ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް