ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 18:46
އިންޑިއާގެ ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކާމިޔާ ޖާނީ ރާއްޖޭގައި
އިންޑިއާގެ ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކާމިޔާ ޖާނީ ރާއްޖޭގައި
އެމްއެމްޕީއާރްސީ
ފަތުރުވެރިކަން ޕްރޮމޯޓް ކުރުން
ދިވެހިރާއްޖެއިން ލިބެންހުރި އެންމެ ހާއްސަ ތަޖުރިބާތައް ކުރުމަށް، އިންޑިއާގެ ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކާމިޔާ ޖާނީ ރާއްޖެއަށް
ކަރލީ ޓޭލްސްގެ ކޮންޓެންޓް ފޯކަސްކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކަލިނަރީ، ވެލްނެސް، އެޑްވެންޗަރ އަދި ފަތުރުވެރިން ޝައުގުވެރިވާފަދަ އެހެނިހެން ތަޖުރިބާތަކުގެ ލިޔުންތަކަށް

އިންޑިއާގެ އެންމެ މަގުބޫލު އެއް ފުޑް، ޓްރެވަލް، އަދި ލައިފްސްޓައިލް ކޮންޓެންޓް ޕްލެޓްފޯމް ކަމުގައިވާ ކަރލީ ޓޭލްސްއާއެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް)އިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

އޭޕްރީލްމަހުން މެއި 2023ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ, އިންޑިއާ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، އިންޑިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

ކަރލީ ޓޭލްސްގެ ކޮންޓެންޓް ފޯކަސްކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކަލިނަރީ، ވެލްނެސް، އެޑްވެންޗަރ އަދި ފަތުރުވެރިން ޝައުގުވެރިވާ ފަދަ އެހެނިހެން ތަޖުރިބާތަކުގެ ލިޔުންތަކަށެވެ. ކަރލީ ޓޭލްސްގެ ރީޗްއަށް ބަލާއިރު މަހަކު 6.5 މިލިއަން އެކްޓިވް ޔޫޒަރުންނާއި ދުވާލަކު 750،000 އެކްޓިވް ޔޫޒަރުން ތިބެއެވެ.

މި ކެމްޕޭންގެ ތެރެއިން ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކަމިޔާ ޖާނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. މި ދަތުރުގައި ޖާނީ ހޯސްޓްކޮށްފައިވަނީ ކާނި ޕާމް ބީޗު އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރުގައެވެ. ކާނި ޕާމް ބީޗުގައި ރާއްޖޭގެ ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ކާމިޔާއަށް ލިބުނެވެ. ދިވެހިން އުޅޭ ރަށެއްގައި ލޯކަލް ޓްވިސްޓަކާއެކު ކަލިނަރީ އެކްސްޕްލޯރޭޝަން، ލޯކަލް އެކްސްޕީރިއަންތައް، އަދި ރިލެކްސޭޝަންއަށް ފޯކަސްކޮށްގެން ކާމިޔާ ތަފާތު އެކި ތަޖުރިބާތައް ކުރިއެވެ.

މިއަށްފަހު ކަމިޔާ ހުރީ ގްރޭންޑް ޕާކް ކޮއްދިއްޕަރުގައެވެ. ކަމިޔާ މި ރިސޯޓުގައި ހުރިއިރު ކުރި ތަޖުރިބާތަކުގެ ތެރޭގައި؛ އިރުއޮއްސޭ ގަޑީގައި މަސް ބާނަން ދިޔުމާއި, މޫދު ކުޅިވަރު ކުޅުމާއި، ރިސޯޓުގެ ސްޕާއިން ސައުންޑް ތެރަޕީ ހީލިންގ ސެޝަނެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން ސޭންޑް ބޭންކެއްގައި ރާއްޖޭގެ ކެއުންތައް ކެއްކުމުގެ ހާއްސަ ކްލާހެއް ހަދައި، ލޯކަލް ކަލިނަރީ ކަލްޗަރވެސް ތަޖުރިބާކުރިއެވެ.

މިދަތުރަށްފަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ތަޖުރިބާތަކާއި، ސެގްމަންޓްތަކާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފްސީލުކުރާ އެކި ބާވަތުގެ ކޮންޓެންޓް ކަރލީ ޓޭލްސްއިން އުފައްދައި، ޝާއިރުކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް