ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 13:17
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
އެޑިޝަން.އެމްވީ
ޗައިނާއަށް ކަނޑައަޅާ ސަފީރު
ޗައިނާ ސަފީރަކަށް ހުދާ އައްޔަންކުރުމަށް ރުހުން ހޯދަން ފޮނުވައިފި
 
މި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައި

ރާއްޖެއިން ޗައިނާއަށް ކަނޑައަޅާ ސަފީރަކަށް ހ. ފިލިގަސްދޮށުގޭ ހުދާ އަލީ ޝަރީފް އައްޔަން ކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފޮނުއްވާފައިވާ ސިޓީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ރާއްޖެއިން މިހާރު ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ މ. ބީނާފުށި، އައިޝަތު އަޒީމާ އެވެ. އެހެން ނަމަވެސް އަޒީމާގެ ބަދަލުގައި ހުދާ އެ މަގާމަށް އައްޔަނުކުރަން ގަސްތު ކުރައްވާކަން ރައީސް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އެހެންކަމުން އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ސާލިޙު އެދިވަޑައިގެންނެވިއެވެ.

މި މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ހުދާ އަލީ ޝަރީފަކީ ތައިލޭންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ޔޫއެން އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (ޔޫއެންއެސްކެޕް)އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް