ކ. މާލެ
|
17 މެއި 2023 | ބުދަ 11:20
އެމްއެމްއޭ
އެމްއެމްއޭ
ޔޫސުފް ސޮފްވާން ރަޝީދު
އެމްއެމްއޭ
އީދު ބަންދުގައި ބޭންކުތައް ހުޅުވާނީ 26 ޖޫންގައި އެކަނި!
އެމްއެމްއޭއިން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށް
ބޭންކިންގ ޚިދުމަތް އެމްއެމްއޭއިން ދޭނީ އެޕޮއިންޓްމަންޓަށް

މިއަހަރުގެ އަޟްހާ އީދު ބަންދު ތެރޭގައި ރާއްޖޭގެ ބޭންކުތައް ހުޅުވާފައި ހުންނާނީ ޖޫން 26ވާ ހޯމަ ދުވަހު އެކަނި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ ވެސް އީދު ބަންދުތަކުގައި ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތައް ކަނޑައަޅާނީ އެމްއެމްއޭއިންނެވެ. އެގޮތުން، ބޭންކުތަކާއި އެމްއެމްއޭއިން ވެސް ޚިދުމަތް ދޭނީ އެ އިދާރާއިން ކަނޑައަޅައި އިއުލާންކުރާ ދުވަސްތަކުގައެވެ.

މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް އަންނަ ޖޫން މަހުގެ 25 އިން 29 އަށް ސަރުކާރު ބަންދުވާނެއެވެ. އެހެންކަމުން އެ ބަންދުގައި ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނާނީ ޖޫން 26 ގައެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި އެ ދުވަހު އެ އިދާރާއިން އާއްމުންނަށް ދޭ ޚިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށެވެ. އަދި ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށެވެ.

އެމްއެމްއޭއިން ދެމުން އަންނަ ބޭންކިންގ ޚިދުމަތް ފޯރުކޮށްދޭނީ މިހާރުވެސް ދެމުން އަންނަ ގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ބޭންކުތައް ހުޅުވައިގެން ޚިދުމަތް ދޭ ތާރީހު ކަނޑައެޅި ނަމަވެސް ބަންދު ދުވަސްތަކުގައި ވެސް އޮންލައިންކޮށް އަދި 24 ގަޑިއިރު ލިބޭ ސެލްފް ސާވިސް ޚިދުމަތްތައް ބޭންކުތަކުން ފޯރުކޮށްދެއެވެ.

- ކޮމެންޓް