Advertisement
ކ. މާލެ
|
17 މެއި 2023 | ބުދަ 08:23
އިލްމުވެރިންގެ ގުޅުމުން ރައީސްއާ ބައްދަލުކުރެއްވުން
އިލްމުވެރިންގެ ގުޅުމުން ރައީސްއާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
އިމުގެ މައްސަލަ
އިމުގެ މައްސަލައިގައި އިލްމުވެރިންގެ ގުޅުމުން ރައީސަށް ތިންކަމެއް ހުށަހަޅައިފި
އީއީޒެޑް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ބަހުސަކަށް ދިޔުމަށް އެދުނު

އިމުގެ މައްސަލައިގައި އިލްމުވެރިންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ބައްދަލުކޮށް ތިން ކަމެއް ހުށަހަޅައިފިއެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ، ޗާގޯސް މައްސަލައިގައި އިލްމުވެރިންގެ ފަރާތުން ކުރިއަށްގެންދާ މައުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ސަރުކާރަށް ހުށަހަޅަން ހުރި ސުވާލުތައް ހުށަހެޅުމަށާއި ރައީސާ ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓަކައި އެ މަނިކުފާނާއެކު ބޭއްވި ދޮޅުގަޑިއިރުގެ ބައްދަލުވުމުގައި، އެ ޖަމިއްޔާގެ ފަރާތުން ތިން ކަމެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ސަރުކާރަށް ރާއްޖެއިން ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހިއްސާ ކުރުމާއި ރާއްޖޭ އީއީޒެޑް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ސަރަޙައްދާ މެދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅުމާއި އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާ އެކު، އީއީޒެޑް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ބަހުސަކަށް ދިއުން ހިމެނެއެވެ.

Advertisement

އިން ވަކި ކުރުމަށް މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅި ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ބަޔަންކުރިއެވެ. ނަމަވެސް ރާއްޖޭން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރީ، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ އައްސޭރިފަށުން ފެށިގެންނެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ. މޮރިޝަސް އިން ހުށަހެޅީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
17 މެއި 2023 | ބުދަ 22:23
މުހައްމަދު
ޗާގޯސް އަކީ މޮރިޝަސްގެ ތަނަކަށް ނުވާއިރު ޗާގޯސްއާއި ގުޅޭގޮތުން ދިވެހިރައްޔިތުންގެ ހުއްދަ ނުހޯދާ ރައްޔިތުންގެ ފަރާތުންކަމަށް ބުނެ ޗާގޯސް އާއި ގުޅޭގޮތުން މޮރިޝަސް އާއި އެއްވެސް މުއާމަލާތްތައް ނުކުރެވޭނެ.