Advertisement
ކ. މާލެ
|
16 މެއި 2023 | އަންގާރަ 12:46
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތް
ރިޔާސަތުގައި އިންހާ ހިނދަކު ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ބަދަލުނުގެންނާނަން: ނަޝީދު
ކޮމިޓީތަކަށް ޖުމުލަ 13 ބަދަލެއް ވަނީ ހުށަހަޅުއްވާފަ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި މެއި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ސިޓީފުޅެއް ފޮނުއްވާފަ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް އެމްޑީޕީގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލުގެންނަން، އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅި ނަމަވެސް އެ ބަދަލުތައް ނުގެންނަވާނެ ކަަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނެވިހާ ހިނދަކު މެންބަރުންގެ ރުހުމާއި ނުލައި، އެ ބަދަލުތައް ނުގެންނަވާނެ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާހާ ގޮތަކަށް ހިންގަން އޮތް ތަނެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު އެފަދަ މެސެޖެއް ކުރެއްވުމުން ބައެއް މެންބަރުން ވަނީ އެމަނިކުފާނަށް ރައްދުދެއްވާފައެވެ.

ނަޝީދު މިހެން ވިދާޅުވުމުން ދެން އަމަލުކުރާނެ ގޮތެއް ސާފުކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިސް ފަރާތްތަކާއި ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާތީ އަދި އެ މައުލޫމާތު ވަނީ ރާއްޖެއެމްވީ އަށް ސާފުވާގޮތް ނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި މެއި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ މެންބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނެސްދެއްވުމަށެވެ. އެގޮތުން ޖުމުލަ 13 ބަދަލެއް ވަނީ ހުށަހަޅުއްވާފައެވެ.

އޭގެތެރޭގައި ހިމެނެނީ ޖުޑީޝަރީ ކޮމިޓީގައި، އިމްތިޔާޒް ފަހުމީގެ ބަދަލުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހިމެނުއްވުމަށާއި، ޕެޓިޝަން ކޮމިޓީގައި، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ބަދަލުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހިމަނައިދެއްވުމަށް އެދިފައެވެ.

Advertisement

އިތުރަށް ހުށަހަޅުއްވާފައިވާ ބަދަލުތަކުގެ ތެރޭގައި؛ އިޖުތިމާއީ ކޮމިޓީގައި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ބަދަލުގައި ކޮމިޓީގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހިމަނައިދެއްވުމަށާއި، ޖުޑީޝަރީ ކޮމިޓީގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހިމެނުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ބަދަލުގައި ފުވަައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ބަދަލުގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲގެ ނަން ހުށަހެޅުއްވުމުގެ އިތުރުން، ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމިޓީގައި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ބަދަލުގައި މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސްޓޭޓް އޯންޑް އެންޓަރޕްރައިސިސް ކޮމިޓީގައި, ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ބަދަލުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހިމަނައިދެއްވުމަށާއި، އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ ބަދަލުގައި އެ ކޮމިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިމެނުއްވުމަށެވެ.

ހަމައެހެންމެ އާއްމު ކޮމިޓީގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި އެ ކޮމިޓީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހިމެނުއްވުމަށާއި، އާއްމު ކޮމިޓީގައި، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންގެ ބަދަލުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހިމެނުއްވުމަށާއި، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ބަދަލުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހިމަނައިދެއްވުމަށް ހުށަހަޅުއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް