ކ. މާލެ
|
16 މެއި 2023 | އަންގާރަ 08:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ސްޓޫޑަންޓް ލޯނު
ސްޓޫޑަންޓް ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިއްޖެ: ރައީސް
2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ލޯނަށް ހުޅުވާލެވުނު
1،986 ދަރިވަރަކަށް ލޯނު އެހީ ދެވިފައިވޭ

ސްޓޫޑެންޓް ލޯނު ސްކީމަށް މި ސަރުކާރުން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ލޯނު އެހީގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ކުރިއާ އަޅައި ބަލާއިރު މިހާރު ވަރަށް ބޮޑުތަން ވަނީ އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ހުޅުވައިލެވިފައިވާކަމަށެވެ. އަދި 1،986 ދަރިވަރަކަށް ލޯނު އެހީ ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންގެ ކިޔެވުން މިހާރު ނިމިފައިވާކަމަށާއި، އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައެއް ދަރިވަރުން ތިބީ ކިޔެވުން ފަށަންވެފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަހަރު ހުޅުވައި 720 ފުރުސަތަށްވެސް 1،507 ދަރިވަރުން ކުރިމަތިލާފައިވާކަމަށާއި، މި ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މަތީ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން ދޭ އެހީތަކަކީ، ދައުލަތުން ކުރާ ޚަރަދުތަކެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އޭގެ އަންދާޒާ މުޤާބިލު ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ އޭގެ ހެޔޮ ނަތީޖާ، އެތައް އަހަރަކަށް ލިބެމުންދާނެ، ވަރަށް އަގުހުރި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް