ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 22:16
އެފްރިކަން ވިމެން ސަމިޓް-23"ގެ ގާލާ ނައިޓް ގެ ތެރެއިން
އެފްރިކަން ވިމެން ސަމިޓް-23"ގެ ގާލާ ނައިޓް ގެ ތެރެއިން
މިނިސްޓްރީ އޮފް ޑިފެންސް
އެފްރިކަން ވިމެން ސަމިޓް-23"ގެ ގާލާ ނައިޓް
އެފްރިކަން ވިމެން ސަމިޓް-"ގެ ގާލާ ނައިޓްގައި މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގެންފި
ސަމިޓް ކުރިއަށް ދިޔައީ މި މަހު 11ން 12 ށް ދެކުނު އެފްރިކާގެ ކޭޕްޓައުންގައި

އެފްރިކަން ވިމެން ސަމިޓް-23"ގެ ގާލާ ނައިޓްގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ހަރަކާތުގެ ތެރެއިން މިނިސްޓަރ އަށް ޚާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މުނިފޫހިފިލުވުމާއި، ސަޤާފީ ހަރަކާތްތަކާއި އެކުގައެވެ.

"އެފްރިކަން ވިމެން ސަމިޓް-23" ގައި މިނިސްޓަރ މާރިޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވީ އަންހެނުން ބާރުވެރިކުރުވުމާއި، އިޖުތިމާއީ އަދި ސިޔާސީގޮތުން އަންހެނުންނަށް ބާރުވެރިކަން ހޯދައިދިނުމުގެ އިތުރުން، ތައުލީމުގެ މުހިންމުކަމާއި، އެއްވެސް މީހަކު ބާކީނުކޮށް ކުރިއަށްދިއުމުގެ އިތުރުން، ކަންކަން އުނގަންނައިދިނުމާއި ދަސްކޮށްދިނުންފަދަ މައުލޫތަކަށެވެ.

މި މަހު 11ން 12ށް ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ބޭއްވި އެ ސަމިޓަށް މިނިސްޓަރ ވަޑައިގަތީ އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ދައުވަތު އަރުވައިގެންނެވެ.

- ކޮމެންޓް