Advertisement
ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 19:11
ރައީސް ޞާލިހު، އުފާ ފާޅު ކުރުމުގެ ބައްދަލް ވުމެއްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޞާލިހު، އުފާ ފާޅު ކުރުމުގެ ބައްދަލް ވުމެއްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ޞާލިހު އަޒުލުކުރަން މަސައްކަތްކުރުން
ރައީސް ޞާލިހު އަޒުލުކުރުމުގެ މަސަައްކަތުގައި އުޅޭ އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅާނަން - އެމްޑީޕީ
މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށް
ޗާގޮސް މައްސަލައިގައި އަމަލުކުރީ ރަނގަޅަށް ކަމަށް ސަރުކާރުން ބުނޭ
ރައީސް އަޒުލުކުރަން އުޅެނީ ޗާގޮސް މައްސަލައިގައި އަމަލުކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ

ރައީސް ޞާލިހު އަޒުލުކުރުމުގެ މަސަައްކަތުގައި އުޅޭ އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

ރައީސް ޞާލިހު އަޒުލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ ދިވެހިންނަށް ނޭނގި ދިވެހިންގެ ސަރަހައްދުން ބައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިއްކާލައްވާފައިވާ ކަމަށް ބުނެއެވެ. އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ފަށާފައިވާކަން ހާމަކުރީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެފަދަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކޮށްފައި ވަނީ ޗާގޮސްގެ އިމުގެ މައްސަލައިގައި ރާއްޖެއިން އަމަލުކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ކަމަށް ތުހުމަތުކޮށެވެ. ޕީޕީއެމް އިން އެ މަސައްކަތް ފެށި ނަމަވެސް ރައީސް ޞާލިހު އަޒުލުކުރުމަށް ހުށަހެޅުމަށް ސޮއިކުރާ ފަރާތްތަކުން ތެރޭގައި އެމްޑީޕި އަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނެއެވެ.

އެކަމާއި ގުޅިގެން ރާއްޖެޓީވީ އަށް މަޢުލޫމާތުދެއްވަމުން އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ މަސައްކަތުގައި އެމްޑީޕީގެ މެމްބަރުން ހަރަކާތްތެރިވެއްޖެ ނަމަ އެކަމާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ އެމްޑީޕީގެ އެއްވެސް މެމްބަރެއް ރައީސް ޞާލިހު އަޒުލުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާކަން އަދި އެ ޕާޓީއަށް އެނގިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޕާޓީގައި ހުރެގެން އެފަދަ ކަމެއް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެފަދަ މެމްބަރުންނާއި މެދު އަޅާނެ ފިޔަވަޅަކާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ކަމަށާއި، ފިޔަވަޅު އެޅުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ޕާޓީގައި ބައެއް މެމްބަރުން އެހެން ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށާއި އެކަން ބަލައި ނުގަނެވޭ ކަމަށެވެ. ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެހެން ޕާޓީތަކުގެ ހަރަކާތްތަކުގައި އެފަދައިން ބައިވެރިވުމަކީ ޕާޓީން ވަކިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރަމުން ދަނީ ޗާގޮސް މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެއެވެ. އެހެންނަމަވެސް އޭގެ ކުރިން ވެސް ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އައީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އެ ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރަން ފެށީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ހޮވުމަށް ބޭއްވި ޕްރައިމަރީ ކުރީގެ ރައީސް ނަޝީދަށް ނާކާމިޔާބުވި ހިސާބުން ފެށިގެންނެވެ.

Advertisement

އިން ވަކި ކުރުމަށް މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅި ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ބަޔަންކުރިއެވެ. ނަމަވެސް ރާއްޖޭން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރީ، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ. މޮރިޝަސް އިން ހުށައެޅީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

Advertisement

Advertisement
- ކޮމެންޓް