ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 11:11
މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު، ހަސަން ޒަރީރު
މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު، ހަސަން ޒަރީރު
މެމްބަރު ޒަރީރަށް ދިން ހަމަލާ
މެމްބަރު ޒަރީރަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
އެމީހުން ހައްޔަރު ކޮށްފައިވަނީ މިހިނގާ މެއި މަހުގެ 11 ވަނަ ދުވަހު
މައުލޫމާތު ލިބޭގޮތުގައި އޭނާއަށް ހަމަލާ ދީފައިވަނީ ޖީއެން ސައިކަލެއްގައި އައި ބައެއް
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، މެންބަރަށް ހަމަލާ ދިންކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މި މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 05:08 ހާއިރު ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މެންބަރު ހަސަން ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެންނެވެ. އަދި އޭނާއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

މި ހަމަލާއާ ގުޅިގެން ލިބުނު އަނިޔާއަށް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ތަހުގީގުގައި ދެމީހަކު ހައްޔަރުކޮށްފައި ވެއެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށްފައި ވަނީ މި ހިނގާ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާއަށް ހަމަލާ ދީފައިވަނީ ޖީއެން ސައިކަލެއްގައި އައި ބައެކެވެ. މި ހަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ވަނީ ކުށްވެރިކޮށްފައެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މެންބަރު ޒަރީރަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ، އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަދި އެެ ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް، އެ ނުރައްކާތެރި ކުށް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ޕާޓީން ވަނީ ގޮވައިލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް