ކ. މާލެ
|
12 މެއި 2023 | ހުކުރު 22:42
ޗައިނާ މާކެޓަށް ހާއްސަކޮށްގެން އެމްއެމްޕީއާރުސީން ވަނީ ކެމްޕޭނެއް ފަށާފައި
ޗައިނާ މާކެޓަށް ހާއްސަކޮށްގެން އެމްއެމްޕީއާރުސީން ވަނީ ކެމްޕޭނެއް ފަށާފައި
އެމްއެމްޕީއާރްސީ
ޗައިނާ މާކެޓް ކެމްޕޭން
އެމްއެމްޕީއާރުސީއިން ޗައިނާ މާކެޓަށް އަމާޒުކޮށްގެން ވެއިބޯ އަދި ވީޗެޓް ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފި
މި ކެމްޕެއިން ޗައިނާ މާކެޓުގެ 1.4 މިލިއަން މީހުންނާ ހަމައަށް ފޯރާނެ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޗައިނާ މާކެޓަށްއަމާޒު ކޮށް ވެއިބޯ އަދި ވީޗެޓްގައި ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

މާރިޗް މަހުން ފެށިގެން މެއި 2023ށް ކުރިޔަށް ގެންދާ މި ކެމްޕޭނަކީ ޗައިނާގައި ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކެންޕޭނެކެވެ. މީގެ އިތުރުން ޗައިނާގެ ދަތުރުވެރިން ދިވެހިރާއްޖެއަށް ދަތުރުކުރަން ޝައުގުވެރިކަން އިތުރުކުރުވުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.

ސޯޝަލް މީޑިއާއަކީ ޗައިނާ މާކެޓަށް ވަރަށް މުހިއްމު މީޑިއަމްއެކެވެ. ޗައިނާ މާކެޓްގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ކޮވިޑް-19ގެ ލޮކްޑައުން ތެރޭގައިވެސް މިކެމްޕެއިން ވަނީ ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސްފައިވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމެންޓްތައް އިޝްތިހާރުކޮށް 45 އޮރިޖިނަލް ޕޯސްޓާއި 12 އޮރިޖިނަލް އާޓިކަލް ވިޒިޓް މޯލްޑިވްސްގެ ވެއިބޯ އަދި ވީޗެޓްގައި ޕޯސްޓްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދިވެހިރާއްޖެއަށް ހިލޭ ޗުއްޓީއެއް ދިނުމުގެ ކެމްޕޭނެއް ވެސް ކުރިއަށް ގެންދާނެއެވެ. މި ކެމްޕެއިން ޗައިނާ މާކެޓުގެ 1.4 މިލިއަން މީހުންނާ ހަމައަށް ފޯރާނެ ކަމަށް ލަފާކުރެވެއެވެ.

ވީޗެޓަކީ މަހަކު 1.17 ބިލިއަން މީހުން ބޭނުންކުރާ ޗައިނާގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. އަދި ވެއިބޯއަކީ މަހަކު 530 މިލިއަން މީހުން ބޭނުންކުރާ ޗައިނާގައި ދެވަނައަށް އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. އަދި މި ޕްލެޓްފޯމްތަކަކީ ޗައިނާގެ އެންމެ ނުފޫޒުގަދަ ދެ ޕްލެޓްފޯމް ތަކެވެ. މި އަހަރު ޗައިނާއިން ދިވެހިރާއްޖެއަށް ޖެއްސި ފުރަތަމަ ޑައިރެކްޓް ފްލައިޓްގެ ހަބަރު ވެގެންދިޔަނީ ވެއިބޯގައި ޓްރެންޑިންގް ޓޮޕިކަކަށެވެ. މި ކެމްޕެއިން މެދުވެރިކޮށް އޭރު ލިބުނު ސަމާލުކަން ބޭނުންކޮށް ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ ކުރިން ވެސް އެމްއެމްޕީއާރުސީއިން ވަނީ ޗައިނާގެ ބާޒާރަށް އަމާޒުކޮށްގެން މިފަދަ 17 ވީޗެޓް އަދި ވެއިބޯ ކެމްޕޭން ހިންގައި، ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް