ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 08:28
ރައީސް ޞާލިހު އާބިދާ އަހުމަދާއެކު
ރައީސް ޞާލިހު އާބިދާ އަހުމަދާއެކު
ރައީސް އޮފީސް
އާބިދާ އަވަހާރަވުން
ޢާބިދާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީ
ތައުޒިޔާގެ ދަފްތަރު، މެއި މަހުގެ 14 ވާ އާދީއްތަ ދުވަހުން ފެށިގެން މެއި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާފައި ހުންނާނެ

ޢާބިދާ އަހުމަދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން ނިންމައިފިއެވެ.

ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި އާބިދާ އަހުމަދު އަވަހާރަވީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުޙޫމާ ޢާބިދާ އަޙްމަދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މި މެއި މަހުގެ 14 ވާ އާދީއްތަ ދުވަހުން ފެށިގެން މެއި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރުފަހު 2:00ށް މިނިސްޓްރީގެ އަލްއަމީރު ޙަސަން ފަރީދު މާލަމުގައި (ގްރައުންޑް ފްލޯ) ހުޅުވިފައި އޮންނާނެ ކަމަށެވެ.

އާބިދާ އަވަހާރަވިއިރު އުމުރުފުޅަކީ 66 އަހަރެވެ.

އާބިދާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 15 ނޮވެންބަރު 1978 ގައެވެ. މުލިއާގެ މެއިޑެއްގެ ގޮތުގައި ފެއްޓެވި އެވަޒީފާއިން 8 ޖޫން 1982 ގައި ވަކިވެވަޑައިގެންނެވިއެވެ. އަދި އަލުން 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއާ ގުޅިވަޑައިގެންނެވިއެވެ. އޭގެފަހުން 15 އޮގަސްޓު 1985 އިން ފެށިގެން ޚިދުމަތް ކުރެއްވީ ފޮރިން މިނިސްޓްރީގައެވެ.

ފޮރިން މިނިސްޓްރީގައި އާބިދާ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އިދާރީ ހިންގުމާބެހޭ ސެކްޝަނުގައެވެ.

- ކޮމެންޓް