ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 08:46
ރެއާލްގެ މެޑްރިޑުގެ ޑިފެންޑަރު ރޫޑިގާ
ރެއާލްގެ މެޑްރިޑުގެ ޑިފެންޑަރު ރޫޑިގާ
ރޮއިޓާސް
ރެއާލް މެޑްރިޑު
"މެންޗެސްޓަރ ސިޓީ އެއްވެސް ވަރަކަށް ނުރައްކާތެރިއެއް ނޫން!"
 
ޕޮޒިޝަން ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް، ރޫޑިއާ ފާހަގަ ކުރި ގޮތުގައި މެޗުގައި އެއްވެސް ވަރަކަށް ސިޓީ ނުރައްކާތެރިއެއް ނޫން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނުއިރު، އެ ޓީމު އެއްވެސް ވަރަކަށް ނުރައްކާތެރި ނޫން ކަމަށް ރެއާލް މެޑްރިޑުގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ބުނެފި އެވެ.

ރެއާލްގެ ދަނޑު ސަންޓިއާގޯ ބާނަބެއުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ރެއާލުންނެވެ. އެ މެޗަށް ފަހު ވާހަކަ ދައްކުން ރޫޑިގާ ބުނީ، ސިޓީ ފެނުނީ އެއްވެސް ވަރަކަށް ނުރައްކާތެރި ޓީމެއްގެ ގޮތުގައެއް ނޫން ކަމަށެވެ. ނަމަވެސް އެ މެޗުގައި ބޯޅަ އާއި ޕޮޒިޝަން ހިފަހައްޓައިގެން ކުޅުނީ ސިޓީ ކަމަށާއި، މެޗުގެ ކުރިން ވެސް އެކަން އެގޮތަށް ވާނެކަން އެނގޭ ކަމަށް ރޫޑިގާ ފާހަގަކުރި އެވެ. ޕޮޒިޝަން ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް، ރޫޑިއާ ފާހަގަ ކުރި ގޮތުގައި މެޗުގައި އެއްވެސް ވަރަކަށް ސިޓީ ނުރައްކާތެރިއެއް ނޫނެވެ. އޭނާ ބުނީ ސިޓީ އަށް ލަނޑު ޖެހުނީ ވެސް ކެވިން ޑިބްރޭނާގެ މޮޅުކަމުން ކަމަށެވެ.

އެމީހުން (ސިޓީ) އަށް ލަނޑު ޖެހުނީ ވެސް ޑިބްރޭނާގެ ފެންވަރު ރަނގަޅު ކަމުން، އެމީހުން ތިޔަބުނާހާ ނުރައްކާތެރިއެއް ނޫން.
އެންޓޯނިއޯ ރޫޑިގާ

ރޫޑިގާ ބުނީ ސިޓީން މެޗުގައި ލަނޑު ޖެހީ ވެސް ގާތްގަނޑަކަށް ފަހު ވަގުތު އެވެ. އެގޮތުން ރެއާލަށް ލިބުނު ފުރުސަތުތަކާއި، ކުޅުމަށް ބަލާއިރު މެޗުގައި ރެއާލަށް އެއް ލަނޑަށް ވުރެ ގިނަ ލަނޑު ވެސް ޖެހުނީސް ކަމަށެވެ. ނަމަވެސް ރެއާލަށް މެޗުގައި މާ ބޮޑު މައްސަލަތަކާ ދިމާނުވެ އެކަން ކުރުމުގެ ފުރުސަތު ފަހިވި އެވެ. ކުރިއަށް އޮތް ދެ ވަނަ ލެގު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އޮތްއިރު، ރޫޑިގާ ބުނީ ރެއާލުން އެ މެޗަށް ކުރިމަތިލާނީ އިތުބާރާއެކު ކަމަށެވެ. އޭނާ ބުނީ ރެއާލުން ކުޅެން ޖެހޭ މެޗަކީ ވަރަށް ބޮޑަށް ހުޅުވިގެން ކުޅެން ލިބޭނެ މެޗެއް ކަމަށާއި، އެހެންކަމުން ޓީމުގެ އިތުބާރު ވެސް އޮންނާނެ އެވެ.

ރެއާލްގެ ކުޅުންތެރިންނާ ގުޅޭ ގޮތުން ރޫޑިގާ ބުނީ އެ ޓީމުގައި އޮންނަނީ ބުނެދޭން ވެސް ނޭންގޭ ކަހަލަ ރޫހެއް ކަމަށެވެ. ޚާއްސަކޮށް ރެއާލުން ބޮޑެތި މެޗުތަކުގައި އެކަން ސާބިތުކޮށްދެމުން އަންނަ ކަމަށާއި، އެތައް ބަޔަކަށް ޤަބޫލު ކުރަން ދަތި ކިތަންމެ ކަމެއް ވެސް ރެއާލުން ކޮށްފައިވާނެ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް މެޗަށް ތައްޔާރުވާން ބޭނުންވަނީ ވެސް ހަމަޖެހިގެން، އެއްވެސް ޕްރެޝަރެއް ނެތި ކަމަށެވެ.

މި ދެ ޓީމު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް