ކ. މާލެ
|
10 މެއި 2023 | ބުދަ 01:31
ބުސްކެޓްސް: މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ
ބުސްކެޓްސް: މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ
މާސާ
ބާސެލޯނާ
ބުސްކެޓްސް މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަނީ
އޭނާ ބާސެލޯނާ ދޫކޮށްލަނީ 15 ސީޒަނަށް ފަހު

ކެޕްޓަން ސާޖިއޯ ބުސްކެޓްސް މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު 15 ސީޒަނަށް ފަހު ބާސެލޯނާ ނޫން ކުލަބަކަށް ބަދަލުވާން ބޭނުންވާކަން ކޯޗު ޒަވީ ހަނާންޑޭޒް އާއި މެނޭޖްމަންޓަށް މިހާރު ވަނީ އަންގައިފަ އެވެ. ނަމަވެސް ރަސްމީކޮށް މިކަން އިއުލާނުކުރާނީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާ އަށް ކަށަވަރުވުމުންނެވެ. ކުރިއަށް އޮތް ފަސް މެޗުން ޗެމްޕިއަންކަން ކަށަވަރުކުުރުމަށް ބާސެލޯނާ އަށް ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ޗެމްޕިއަންކަން ލިބުމުން ބުސްކެޓްސްގެ ވަދާއީ ސަލާމްކުރުމާއި އޭނާ ސަޕޯޓަރުންނާ މުހާތަބްކުރުން އޮންނާނީ ބާސެލޯނާގެ ދަނޑުގައި އެ ޓީމު ކުޅޭ ފަހު މެޗަށް ފަހު އެވެ.

ބާސެލޯނާ އަށް ކުޅުން ހުއްޓާލުމަށްފަހު ބުސްކެޓްސް ޔޫރަޕުގެ ކުލަބަކަށް ނުދާނެ އެވެ. އޭނާ ބަދަލުވާނީ ސައޫދީ ނުވަތަ ޖަޕާން ނޫނީ އެމެރިކާ ލީގަށެވެ. ނަމަވެސް މި ނިންމުން ކޮންމެ ވަގުތަކު ވެސް ބަދަލުކޮށް އިތުރު އަހަރެއްގައި ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތު ބުސްކެޓްސް އަަށް އެބައޮތެވެ.

ބާސެލޯނާ އުފެއްދި އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރު ކަމަށްވާ ބުސްކެޓްސް ކޮންޓްރެކްޓް އައުކުރާނެ ކަމަށް ގިނަ ބަޔަކު ތިބީ ޔަގީންކޮށްގެންނެވެ. އެއް ސަބަބަކީ ކޯޗު ޒަވީ ވެސް އޭނާ ކުލަބުގައި ބަހައްޓަން ބޭނުންވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް