ކ. މާލެ
|
8 މެއި 2023 | ހޯމަ 19:02
ޔޫކްރެއިންގެ ބަޚްމުތުގައި ވެގްނަރ ގްރޫޕްގެ ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާކަމަށް އެގްރޫޕުން ބުނެފި
ޔޫކްރެއިންގެ ބަޚްމުތުގައި ވެގްނަރ ގްރޫޕްގެ ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާކަމަށް އެގްރޫޕުން ބުނެފި
ރޮއިޓާސް
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ
ޔޫކްރެއިންގެ ބާރުގެ ދަށުގައި މިހާރު އޮތީ ބަޚްމުތުގެ އެންމެ 2.37 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް: ވެގްނަރ ގްރޫޕް
އެގްރޫޕްގެ ސިފައިން ބަޚްމުތުގައި ޔޫކްރެއިންގެ ސިފައިން ފަހަތައް ޖައްސަމުންދާކަމަށް ވެގްނަރ ގްރޫޕުން ބުނޭ
ބަޚްމުތުގެ ބޮޑުބައެއްގެ ކޮންޓްރޯލް ވެގްނަރ ގްރޫޕުން ނަގާފައިވާކަމަށް އޭނާ ބުނޭ
ބަޙްމުތުގައި ހަނގުރާމަ ފެށިގެން ގޮސްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި

ޔޫކްރެއިންގެ ބަޚްމުތުގައި މިހާރު ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގައި ވެގްނަރ ގްރޫޕްގެ ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާކަމަށް އެގްރޫޕްގެ ލީޑަރު ބުނެފައެވެ.

ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގްރޫޕްގެ ސިފައިން ބަޚްމުތުގައި ޔޫކްރެއިންގެ ސިފައިން ފަހަތައް ޖައްސަމުންދާކަމަށެވެ.

މިހާތަނަށް އައި އިރު، ބަޚްމުތުގައި ހަރަކާތްތެރިވަމުންދާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖައްސައި، މިހާރު ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތީ ބަޚްމުތުގެ އެންމެ 2.37 ސްކޮއަރ ކިލޯމީޓަރުގެ ސަރަހައްދެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންކަމުުން ބަޚްމުތުގެ ބޮޑުބައެއްގެ ކޮންޓްރޯލް ވެގްނަރ ގްރޫޕުން ނަގާފައިވާކަމަށް އޭނާ ބުނެއެވެ.

ބަޚްމުތުގައި ވެގްނަރ ގްރޫޕުން ބޮޑެތި ކުރިއެރުންތައް ހޯދަމުން ދިޔަ ނަމަވެސް، މެއި 10 ވަނަ ދުވަހު އެގްރޫޕްގެ ސިފައިން ބަޚްމުތުން ފައިބާނެ ކަމުގެ އިންޒާރު ޕްރިގޮޒިން ވަނީ ދީފައެވެ. ސަބަބަކަށް ވަނީ ރަޝިއާގެ ފަރާތުން އެގްރޫޕަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދެމުން ނުދާތީކަމަށް ވެގްނަރ ގްރޫޕުން ފާހަގަކުރެއެވެ.

އެގޮތުން، ބަޚްމުތުގައި މިހާރު ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކަކީ މިހަނގުރާމާގައި މިހާތަނަށް ކުރިއަށްދާ އެންމެ ނުރައްކާތެރި އަދި އެންމެ ދިގު މުއްދަތަކަށް ދެމިގެންގޮސްފައިވާ އެއް ހަމަލާ ބަދަލުކުރުންތަކަށް ވެގެންގޮސްފައިވާއިރު، މިހަމަލާބަދަލުކުރުންތަކުގެ ސަބަބުން ވެގްނަރ ގްރޫޕަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް އެގްރޫޕުން ފާހަގަކުރެއެވެ. އަދި ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެގްރޫޕްގެ ސިފައިންނަށް ބޭނުންވާ ވަޒަން ފޯރުކޮށްދޭން ރަޝިއާއިިން އެއްބަސްވެފައި ވީނަމަވެސް، އަދިވެސް ވަޒަން ފޯރުކޮށްނުދޭ ކަމަށް ވެގްނަރ ގްރޫޕުން ފާހަގަކުރެއެވެ.

ބަޚްމުތަކީ ރަޝިއާ އަށްވެސް އަދި ޔޫކްރެއިނަށްވެސް މުހިންމު ސަރަހައްދެކެވެ. ރަޝިއާ އަސްކަރިއްޔާއިން ބަޚްމުތު ހިފުމަށް ކުރާ މަސައްކަތުގައި ވެގްނަރ ގްރޫޕުން މިހުންމެ ދައުރެއް އަދާކުރެއެވެ.

ބަޙްމުތުގައި ހަނގުރާމަ ފެށިގެން ގޮސްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް