މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މިިހިނގާ މެއި މަހު ކ ގިރިފުށީގައި ކުރިއަށްދާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ތަމްރީނުތައް ކުރިއަށްދާނީ 2023 މެއި 23 އިން 25 އަށެވެ. އެގޮތުން މިއިން ކޮންމެ ދުވަހެއްގެ 18:30 އިން 21:30 އަށް ތަމްރީނުތައް ކުރިއަށްދާނެއެވެ.
މި ތަމްރީނުތަކުގައި ބަޑިއާއި މިނީފްލެއާރސް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނަށް 4100 މީޓަރ ދުރުމިނަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އަދި، މިތަކެތި ދަތުރުކުރާނެ އެންމެ އުސްމިނަކީ 100 މީޓަރެވެ.