Advertisement
ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 18:34
ޗާލްސް ތިނެއް ރަސްކަމާ ޙަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގެ ޚާއްޞަ ޕެރޭޑު ޙަރަކާތުގައި ދިވެހި ޢަސްކަރިއްޔާގެ ވަފުދެއް ބައިވެރިވުން
ޗާލްސް ތިނެއް ރަސްކަމާ ޙަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގެ ޚާއްޞަ ޕެރޭޑު ޙަރަކާތުގައި ދިވެހި ޢަސްކަރިއްޔާގެ ވަފުދެއް ބައިވެރިވުން
އެމްއެންޑީއެފް
ޗާލްސް ތިނެއް ރަސްކަމާ ޙަވާލުވެވަޑައިގަތުން
ޗާލްސް ތިނެއް ރަސްކަމާ ޙަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގެ ޚާއްޞަ ޕެރޭޑު ޙަރަކާތުގައި ދިވެހި ވަފުދެއް
އެމްއެންޑީއެފުން ވަނީ، މި ޙަރަކާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ބުނެފައި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމާ ޙަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގެ ޚާއްޞަ ޕެރޭޑު ޙަރަކާތުގައި ދިވެހި ޢަސްކަރިއްޔާގެ ވަފުދެއް ބައިވެރިވެއްޖެއެވެ.

މިއީ މިފަދަ ޙަރަކާތެއްގައި ރާއްޖޭގެ ދިފާޢީ ބާރުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެމްއެންޑީއެފުން ވަނީ، މި ޙަރަކާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ބުނެފައެވެ. މި ޕެރޭޑް ޙަރަކާތުގައި، ކޮމަންވެލްތަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ 40 ޤައުމަކާއި ސަރަޙައްދަކުން ވަނީ ބައިވެރިވެފައެވެ. މި ޙަރަކާތުގައި ރާއްޖެ ތަމްސީލްކުރީ 10 އޮފިސަރުންނެވެ. އޭގެތެރޭގައި ހިމެނެނީ 3 އަންހެން އޮފިސަރުންނާއި 7 ފިރިހެން އޮފިސަރުންނެވެ.

Advertisement

މި ޙަރަކާތާ ގުޅޭގޮތުން މޭޖަރ އަޙުމަދު މުޙައްމަދު މީޑިއާއަށް ވިދާޅުވީ، މިފަދަ ތާރީޚީ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ. މިފަދަ ރަސްމިއްޔާތެއްގައި ދިވެހި ޤައުމު ތަމްސީލުކުރައްވަން ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ދިވެހި ޤައުމަށާއި ހުރިހާ ދިވެހިންނަށް ވެސް ލިބިގެންދިޔަ ޚާއްޞަ ޝަރަފެއްކަން، މޭޖަރ އަޙްމަދު މުޙައްމަދު ފާހަގަކުރެއްވިއެވެ.

މި ޙަރަކާތުގައި ކޮމަންވެލްތު ޤައުމުތަކުން 400އެއްހާ އޮފިސަރުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް