ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 09:45
ރައީސްގެ ދެކަނބަލުން ރަސްގެފާނު ޗާލްސްއާއި ބައްދަލުކުރައްވަނީ
ރައީސްގެ ދެކަނބަލުން ރަސްގެފާނު ޗާލްސްއާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރަސްގެފާނު ޗާލްސް ތިން ވަނަ
އިނގިރޭސިވިލާތުގެ ރަސްގެފާނާއި ރާނީގެ ފަރާތްޕުޅުން، ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
މި ޙަފުލާގައި ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި
މި ޙަފުލާ ކުރިއަށްދިޔައީ ބަކިންހަމް ޕެލަސްގައި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ އާއި ކުއީން ކޮންސޯޓު ކެމީލާގެ ފަރާތްޕުޅުން، ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ޤައުމުތަކުން ޒިޔާރާތްކުރެއްވި އިސްވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި އަނބިކަނބަލުން ކެމީލާ، ދެއްވި ރަސްމީ ޖާފަތެކެވެ.

މި ޙަފުލާ ކުރިއަށްދިޔައީ ބަކިންހަމް ޕެލަސްގައެވެ. މި ޙަފުލާގައި ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިވަގުތު އިގިރޭސި ވިލާތަށް ވަޑައިގެން ތިއްބެވީ މިއަދު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ހުކުރުދުވަހު ބޭއްވި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް