ކ. މާލެ
|
5 މެއި 2023 | ހުކުރު 22:33
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސަން
ގެނބުނު ކުއްޖަކު ނިޔާވުން
އައްޑޫ ފޭދޫ ޓްރެކަށް ގެނބުނު ހަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އެއީ ފޭދޫ ސުކޫލުގެ ޔޫކޭޖީގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެއް
ނިޔާވެފައިވަނީ މުހައްމަދު އަޔާން އަބްދުﷲ
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން

އައްޑޫސިޓީ ފޭދޫ ޓްރެކަށް ގެނބުނު ހަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ފޭދޫ ޓްރެކް ސަރަހައްދުގައި ހުރި ރެސްޓޯރެންޓަކަށް އާއިލާއާއެކު ދިޔަ ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ހަވީރު 17:50 އެހާއިރު މޫދުގައި އޮއްވާ ކަމަށެވެ.

ފުލުހުން ބުނީ އެކުއްޖާ ފެނުމުން މޫދުން ނަގައިގެން ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. އަދި އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނިޔާވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ނިޔާވެފައިވަނީ ފޭދޫ ސުކޫލުގެ ޔޫކޭޖީގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރު މުހައްމަދު އަޔާން އަބްދުﷲއެވެެ. އެ ކުއްޖާ ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.

މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް