Advertisement
ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 19:29
ވެލާނާގެ
ވެލާނާގެ
ރާއްޖެއެމްވީ
މުސާރަ އެއްހަމަކުރުުން
މުސާރަ އެއްހަމަކުރުމުގެ މަސައްކަތްކުރީ ދިރާސާކޮށްގެން، ބަދަލުތައް ދެމެހެއްޓޭނެ - ޕޭ ކޮމިޝަން
ހަރުދަނާ ނިޒާމެއްގެ ތެރެއިން، ވަޒީފާގައި ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބޭނެފަދަ ގޮތަކަށް ފްރޭމްވަރކް އެކުލަވާލުމަށް ދަނީ މަސައްކަތްކުރަމުން
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިހާރު އަހަރަކު 1 ބިލިއަން ރުފިޔާ ހޭދަވާނެ

ޕޭ ހަރމަނައިޒޭޝަންގެ ތެރެއިން މުސާރަ އެއްހަމަކުރުމުގެ މަސައްކަތް ކުރީ ދިރާސާކޮށްގެން ކަމަށާއި، އެ ބަދަލުތައް ދެމެހެއްޓޭނެކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް މިފަދައިން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިހާތަނަށް އައިއިރު ޖުމުލަ ތިން ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށްފައިވާކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ؛ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ އަދި މަތީ ތައުލީމުގެ ދާއިރާއެވެ. މި ތިން ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިހާރު އަހަރަކު 1 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ޑރ. ފައިޒަލް ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސްވެސް މިހާރު ބޮޑުކޮށްފައިވާކަމަށް ފައިޒަލް ވިދާޅުވިއެވެ.

Advertisement

ފައިޒަލް ވިދާޅުވީ، އެއިން ކޮންމެ ބަދަލެއްވެސް ގެންނަނީ ވަރަށް ގިނަ ކަންކަން ބަލައި ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ މުސާރައަށް ބަދަލު ގެނައީ އެ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއެކު އަހަރެއް ވަންދެން މަޝްވަރާކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ބަދަލުތައް ދެމެހެއްޓޭނެކަމުގެ ފުރިހަމަ އުންމީދު އެބައޮތްކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނޭޝަނަލް ޕޭ ފްރޭމްވަރކާއެކު އެކި ދާއިރާތަކުގައި ހުރި މުސާރައިގެ ފަރަގު ނައްތާލުމަށެވެ. މީގެ އިތުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން، ވަޒީފާގައި ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބޭނެފަދަ ގޮތަކަށް ފްރޭމްވަރކް އެކުލަވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް