ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 12:39
ބޯޓު ގެއްލިފައިވާ ސަރަހައްދު
ބޯޓު ގެއްލިފައިވާ ސަރަހައްދު
އެމްއެންޑީއެފް
ބޯޓެއް ގެއްލިގެން ހޯދަން ފެށުން
ޚަބަރެއް ނުވެގެން "އެމް ސަވާރީ" ބޯޓު ހޯދަން ފަށައިފި
މިއީ ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި ބޯޓެއް
ބޯޓުގެ ޚަބަރެއް ނުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 06:30 ގައި
މިއީ ބޭރުގައި ހުދު ދަވާދުލާފައިވާ 75 ފޫޓްގެ އުޅަނދެއް

"އެމް ސަވާރީ" ބޯޓްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއީ ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި ބޯޓެއް ކަމަށެވެ. މި ބޯޓް ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) މިއަދު ހެނދުނު 06:30 ގައި ރިޕޯޓްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އުޅަނދުގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ކ.ގުރައިދޫ އިރުން 10 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ ކުރަމުންނެވެ.

މިއުޅަނދަކީ ބޭރުގައި ހުދު ދަވާދުލާފައިވާ 75 ފޫޓްގެ އުޅަނދެއްކަމަށާއި މި އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީންނާއެކު ޖުމްލަ 4 މީހުން ދަތުރުކުރި ކަމަށްވެސް އެމްްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި އުޅަނދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

- ކޮމެންޓް