ކ. މާލެ
|
3 މެއި 2023 | ބުދަ 15:04
ނަރުހުން
ނަރުހުން
igmh
ސިއްޙީ ދާއިރާގެ މުސާރަތައް
ސޯޝަލް ސަރވިސް ދާއިރާއިން ވެސް އިންޓަރނުންނަށް އެލަވަންސް ލިބޭނެ
ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ
މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަރން އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ނިންމަވާފައި

ސިއްހީ ދާއިރާގެ މުސާރަ އަށް ގެނައި ބަދަލުތަކާއެކު ސޯޝަލް ސަރވިސް ދާއިރާއިން ވެސް އިންޓަރނުންނަށް އެލަވަންސް ލިބޭނެކަމަށް ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަރން އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ނިންމަވާފައެވެ. ރައީސް އެކަން ހާމަކުރައްވާފައި ވަނީ އާދީއްތަ ދުވަހު ޤައުމާ މުހާތަބުކުރައްވާ، މެއި 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ޑރ.ފައިޒަލް ވިދާޅުވީ އެއީ އެ ދާއިރާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޓަރންޝިޕް އަދާކުރާ ދަރިވަރުންނަށް މާލީ ގޮތުން ލުއިވެގެން ދާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް އިންޓަރނަކަށް 400 ރުފިޔާ ލިބޭނެ ކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ. އެހެންނަމަވެސް އެ އެލަވަންސް ދޭން ފަށާނީ ސިއްޙީ ޚިދުމަތް ދޭ ތަންތަނުން ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަން ފުރިހަމަކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބުނީ މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަ ކުރާ އިންޓަރނުންނަށް އެލެވަންސެއް ދިނުމަށް ނިންމާފައިވަނީ ސިއްހީ ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންނާއި ސޯޝަލް ވޯކަރުންނާއި ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށެވެ.

ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާއެވެ. އެހެންކަމުން ދެން އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެކެވެ.

- ކޮމެންޓް