Advertisement
ކ. މާލެ
|
12 މެއި 2023 | ހުކުރު 18:48
ދުނިޔޭގެ ސިއްހަތު ދުވަހުގެ ހަފްލާފައި ރައީސް ވާހަކަފުޅު ދައްކަވަނީ
ދުނިޔޭގެ ސިއްހަތު ދުވަހުގެ ހަފްލާފައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ސިއްހީ ދާއިރާގެ މުސާރަ
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ މަންފާ، ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަމާޒެއް - ރައީސް
ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ އިތުރުކުރައްވާ ފުޅާކުރައްވަން ޖެހޭ
އޮނިގަނޑަށް، ފުރިހަމަކުރަންޖެހޭ ބައެއް ކަންތައް ހުރިކަން ފާހަގަކުރެވޭ
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހާ ވަރަށް ބޮޑަށް ފުޅާވަމުން

މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ އިތުރުކުރައްވާ ފުޅާކުރެއްވުން ކަމަށެވެ. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ދާދިފަހުން ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށާއި، އެ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ޞިއްޙީ ދާއިރާއަކީ ކުރިއަށް ދިއުމަށް އެކަށީގެންވާ ފަންނެއްކަމުގެ ޔަޤީންކަން ލިބި، ޞިއްޙީ ޚިދުމަތްތެރިން އެ ވަޒީފާތަކުގައި ތިބުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެހެންކަމުން އެ އަމާޒަށް ވާޞިލުވުމަށްޓަކައި އަދިވެސް މި ގެނެވުނު ބަދަލުތަކަށް އެ އޮނިގަނޑަށް، ފުރިހަމަކުރަންޖެހޭ ބައެއް ކަންތައް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެކަމާ މަޝްވަރާކޮށް އެއަށް ރަނގަޅު ޙައްލެއް ހޯދުމަށް، އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންވެސް ތިޔަބޭފުޅުންނަށް ފެނިގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހާ ވަރަށް ބޮޑަށް ފުޅާވަމުން ކަމަށެވެ. މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ޞިއްޙީ އެތައް ޚިދުމަތެއް، މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭނޭގޮތް ހަދައިދެވިއްޖެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ޚިދުމަތްތަކާ އެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫޢުތަކަކީ ދިވެހި ޒުވާނުންގެ ކުރިމަތީގައި ހުޅުވިގެންދާ ވަރަށް ތަނަވަސް ދޮރެއް. ރަށުގައި އަމިއްލަ ޢާއިލާ ކައިރީގައި ހުރެގެން، ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، އަޅުގަނޑުމެން މި ފަހިކޮށްދެނީ ރަނގަޅު ފުރުޞަތުތަކެއް. މަތީ ތަޢުލީމަށް ތައްޔާރުވެގެން ތިބި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން މިހާރުން ފެށިގެން ވިސްނާ އެއަށް އަމާޒު ހިފާށޭ. އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވާށޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ސަރުކާރުން އެކުލަވައިލި ނޭޝަނަލް ސްޕޭޝަލް ޕްލޭނާ އެއްގޮތަށް، 5 ދާއިރާއެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ދޭން މިހާރު ވަނީ ފެށިފައި ކަމަށާއި، އޭގެ ތެރޭގައި ސީ.ޓީ. ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކާއި އަދި ދަތުގެ ފަރުވާގެ ޚިދުމަތްތައްވެސް މިހާރު ދެވެމުން އެބަދާ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް