ކ. މާލެ
|
3 މެއި 2023 | ބުދަ 13:19
ރައީސް ޞާލިހު އާއި ރަސްގެފާނު ޗާލްސް
ރައީސް ޞާލިހު އާއި ރަސްގެފާނު ޗާލްސް
ރައީސް އޮފީސް
ރައީސް ޞާލިހު އިނގިރޭސިވިލާތައް
ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ރައީސް ސާލިހު ލަންޑަނަށް
ޗާލްސް ރަސްކަމާއި ރަސްމީ ގޮތުން ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހަވަނަ ދުވަހު

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމާއި ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އެކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމާއި ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ރައީސް ސާލިހު އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.

ރަސްގެފާނު ޗާލްސް ރަސްކަމާއި ރަސްމީ ގޮތުން ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތުގެ ލީޑަރުންގެ އިވެންޓެއްގައި ރައީސް ބައިވެރިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ޗާލްސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވެވަޑައިގަންނަވާފައި ވަނީ 2022 ސެޕްޓެމްބަރ 8ގައެވެ. އަދި ރާނީގެ ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް