ކ. މާލެ
|
1 މެއި 2023 | ހޯމަ 15:40
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ރާއްޖެ ވަޑައިގެންނެވުން
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ރާއްޖެ ވަޑައިގެންނެވުން
މިނިސްޓްރީ އޮފް ޑިފެންސް
ރަޖްނާތު ރާއްޖެ ވަޑައިގެންނެވުން
އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގެންފި
މިއީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއް
މިއީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

އިންޑިއާގެ ދިފާޢީ ވަޒީރު ޝްރީ ރާޖްނާތު ސިންގ، ރާއްޖޭގެ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދަޢުވަތަކަށް ކުރައްވާ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ދިފާޢީ ވަޒީރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ރާއްޖެ ވަޑައިގެންނެވުން - މިނިސްޓްރީ އޮފް ޑިފެންސް

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާޢީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ޙަވާލު ކުރުމާއި، އުތުރުތިލަފަޅުގައި ޤާއިމްކުރާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބަނދަރާއި ޑޮކްޔާޑުގެ މަސްރޫޢު އިފްތިތާޙް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އެމްއެންޑީއެފްއަށް ލޭންޑިންގ ކްރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ހަދިޔާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ދިފާޢީ ވަޒީރު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.

މި ދަތުރުޅަކީ، އިންޑިއާގެ ދިފާޢީ ވަޒީރު ސްރީ ރާޖްނާތު ސިންގ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ޒަމާންވީ ދިފާޢީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

- ކޮމެންޓް