ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 14:07
ޖިމް ރަޓްކްލިފޭ: ޔުނައިޓެޑް ގަތުމުގެ ރޭހުގެ ކުރީގައި އުޅެނީ އޭނާ
ޖިމް ރަޓްކްލިފޭ: ޔުނައިޓެޑް ގަތުމުގެ ރޭހުގެ ކުރީގައި އުޅެނީ އޭނާ
ދަ ސަން
މެންޗެސްޓާ ޔުނައިޓެޑް
ޔުނައިޓެޑް ވިއްކާލުން: ގަތަރުގެ ޖާސިމަށްވުރެ ކުރީގައި އުޅެނީ ރަޓްކްލިފް
 
ޔުނައިޓެޑްގެ ބާރު އޮތް ގްލޭޒާގެ އާއިލާއިން ބޮޑަށް ބުރަވަނީ ވެސް ރަޓްކްލިފްގެ ބިޑަށް

މެންޗެސްޓާ ޔުނައިޓެޑް ވިއްކާލުމުގެ ފަހު މަރުހަލާއަށް ދިޔައިރު ގަތަރުގެ މަހުޖަނު ހަމަދް ބިން ޖާސިމަށްވުރެ, އިނގިރޭސި މަހުޖަނު ޖިމް ރަޓްކްލިފް ކުރި ހޯދައިފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ހުކުރު ދުވަހު މި ދެ ފަހާތުން ވެސް ވަނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުލަބު ގަތުމަށް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ބިޑް ހުށަހަޅައިފަ އެވެ. އަދި މިބިޑްތައް އިވެލުއޭޓް ކުރަމުންދާ އެމެރިކާގެ ރޭން ގްރޫޕުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ބިޑް ކާމިޔާބު ކުރާ ފަރާތެއް އިއުލާނުކުރާ އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ރަޓްކްލިފް އާއި ޖާސިމް ވެސް ވަނީ ޔުނައިޓެޑް ގަތުމަށް 5 ބިލިއަން ޑޮލަރަށްވުރެ މަތީ ބިޑެއް ހުށަހަޅައިފަ އެވެ. ނަމަވެސް އަގު މަތީ ރަޓްކްލިފްގެ ބިޑްގައި ކަމަށްވެ އެވެ. މީގެ ތަފްސީލެއް ނުލިބެ އެވެ. މި ހުށަހެޅުންތަކާމެދު ޔުނައިޓެޑް ހިންގަމުން އަންނަ ގްލޭޒާގެ އާއިލާއިން ދަނީ ވިސްނަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑް ގަތުމުގައި ރަޓްކްލިފަށް ކުރި ލިބެނީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ރުހުން ނެތް ގްލޭޒާގެ އާއިލާއިން ކުލަބުގައި އަދިވެސް ދެމިތިބުމަށް ވިސްނާތީ އެވެ. ރަޓްކްލިފް ހުރީ އެމީހުންނަށް ހިއްސާގެ ބައެއް ދީގެން ވެސް ޔުނައިޓެޑް ހިންގައިދޭށެވެ. މި ގޮތުން ކުލަބުގެ 70 ނުވަތަ 50 ޕަސެންޓްގެ ހިއްސާ އޭނާ އަށް އޮވެ, ގްލޭޒާގެ އާއިލާއަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް ލިބޭނަމަ އެގޮތަކަށް އެމީހުން ދީދާލުން ގާތްކަމަށްވެ އެވެ.

މިއާ ހިލާފަށް ގަތަރުގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިސްލާމިކް ބޭންކްގެ ޗެއާމަން ޖާސިމްގެ ބިޑްގައިވަނީ މުޅި ކުލަބުގެ ކޮންޓްރޯލް ހޯދުމަށެވެ. އޭނާގެ ނައިންޓޫ ފައުންޑޭޝަނުން ބޭނުންވަނީ ޔުނައިޓެޑް ދަރަނި ފިލުވައި މުޅި ކުލަބުގެ ކޮންޓްރޯލް ނެގުމަށްފަހު ޓީމު ވަރުގަދަކޮށް، ޓްރޭނިން ސެންޓަރުތަކާއި ޕާކްތަކާއި ކުލަބުގެ އުމްރާނީ ވަސީލްތަތްތައް މިހާރަށްވުރެ ތަނަވަސް ކުރުމެވެ. ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގަތަރުގެ މަހުޖަނެއް ކަމަށްވާ ނަސީރު އަލް ހަލީފާ ހިންގަމުން އަންނަ ފްރާންސްގެ ޕީއެސްޖީގެ ބްރެޒިލްގެ ފޯވަޑް ނޭމާ ޔުނައިޓެޑަށް ގެނައުމަށް ވެސް ޖާސިމް ނިންމާފައިވާ ކަމަށްވެ އެވެ.

މީގެ ބަދަލުގައި ރަޓްކްލިފްގެ އިނިއޯސް ފައުންޑޭޝަނުން ބޭނުންވަނީ ދުރުރާސްތާގެ ޕްލޭނަކާއެކު ޔުނައިޓެޑް ކާމިޔާބު ކުލަބަކަށް އަލުން ހެދުމެވެ. ޗެލްސީ އާއި ވެސްޓްހޭމް ގަތުމަށް ވެސް ކުރިން މަސައްކަތް ކުރި ޔުނައިޓެޑްގެ ބޮޑު ސަޕޯޓަރެއް ކަމަށްވާ ރަޓްކްލިފް ޔުނައިޓެޑް ގަތުމަށް އެންމެ ފުރަތަމަ ހުށަހެޅީ 4 ބިލިއަން ޑޮލަރެވެ. ޖާސިމް ފުރަތަމަ ވެސް ހުށަހެޅީ 5 ބިލިއަން ޑޮލަރެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުން ދެކޭ ގޮތް:

ޔުނައިޓެޑްގެ ސަޕޯޓަރުންގެ ހިޔާލު ހޯދުމަށް އިނގިރޭސި މަޝްހޫރު ނޫސް ދަ ސަންއިން ނެގި ހިޔާލު ހޯދުންތަކުން 45.75 ޕަސެންޓް މީހުން ބޭނުންވަނީ ރަޓްކްލިފް އެވެ. ސަބަބަކީ ކުޅިވަރު ކުލަބުތައް ހިންގުމުގެ ތަޖުރިބާ އޭނާގެ ކިބާގައި ހުރުމުންނެވެ. ގަތަރުގެ ޝައިހް ޖާސިމްގެ ބިޑަށް ތާއީދު ކުރަނީ 44.55 ޕަސެންޓް މީހުންނެވެ. މި ބިޑާ ދެކޮޅު މީހުން ބުނަނީ ފްރާންސްގެ ޕީއެސްޖީ ހިންގާ ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީއާ ޖާސިމްގެ ބިޑާ ގުޅުންތަކެއް ހުރި ކަމަށެވެ. ބާކީތިބި މީހުން ބޭނުންވަނީ ގްލޭޒާގެ އާއިލާއިން ކުލަބު ހިންގުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް