ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 01:51
މީހެއްގެ ލޮލަށް ބުޅިއެއް ހެރުން
މީހެއްގެ ލޮލަށް ބުޅިއެއް ހެރުން
އެމްއެންޑީއެފް
މީހެއްގެ ލޮލަށް ބުޅިއެއް ހެރުން
މަސްވެރިކަމަށް ނުކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ
ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އޭނާއަށް ފަރުވާ ދީފައި

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.

ބުޅި ހެރިފައިވަނީ ގދ.ތިނަދޫއާ 31 ނޯޓިކަލް ބޭރުން މަސްވެރިކަން ކުރަމުން ދިޔަ "އޯޝަން ލައިފް" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށެވެ.

އަވަސް ފަރުވާ ބޭނުންވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:55 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އޭނާއަށް އަވަސްފަރުވާ ދިނުމަށް، ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 11:45 ހާއިރު ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޭނާ ވަނީ ގެންގޮސްފައެވެ.

- ކޮމެންޓް