ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 20:46
މޭޖަރ އަލީ ސަލީމް
މޭޖަރ އަލީ ސަލީމް
އެމްއެންޑީއެފް
މޭޖަރ އަލީ ސަލީމް
އެމްއެންޑީއެފްގެ މޭޖަރ އަލީ ސަލީމް އަވަހާރަވެއްޖެ
މޭޖަރ އަލީ ސަލީމް ވަނީ 34 އަހަރު ޚިދުމަތްކޮށްދެއްވާފައި

އެމްއެންޑީއެފްގެ ފަޔަރފައިޓަރ މޭޖަރ އަލީ ސަލީމް އަވަހާރަވެއްޖެއެވެ.

އަންގާރަ ދުވަހު މޭޖަރ އަލީ ސަލީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އެހެންނަމަވެސް މިއަދުވެސް އޮފީހަށް ނުކުންނެވިއެވެ.

މޭޖަރ އަލީ ސަލީމް އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

މޭޖަރ އަލީ ސަލީމަކީ، ދިވެހި އަސްކަރީ ޚިދުމަތުގައި 34 އަހަރު ދުވަހު އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށް ޝަމާލް ވިދާޅުވިއެވެ. ޚާއްސަކޮށް، ފަޔަރ ފައިޓަރުން ތަމްރީން ކުރެއްވުމުގައި އަދާކުރައްވާފައިވާ ދައުރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް