ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 11:44
މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރަނީ
މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރަނީ
އެމްޕީއެލް
ދައުލަތުގެ އާމްދަނީ
އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 330 މިލިއަން ރުފިޔާގެ އާމްދަނީއެއް
ރޯޔަލްޓީގެ ގޮތުގައި 13.9 މިލިއަން ރުފިޔާ ލިބިފައިވޭ
4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ

އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 330 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި މާރޗް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. 2022 ވަނަ އަހަރުގެ މާރޗް މަހު ދިވެހިރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މާރޗް މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި މާރޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ މާރޗް މަހު 320 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރޗް މަހު މި ޢަދަދުވަނީ 330 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އިންޑިއާ، އޮމާން، ސިންގަޕޯރ، އަދި ޗައިނާއެވެ. ޔޫ.އޭ.އީން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 696 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އޮމާނުން 467 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޫރުން 408 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 357 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ވޭތުވެދިޔަ މާރޗްމަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، އިންޑިއާ، އޮމާން، ސިންގަޕޫރު އަދި ޗައިނާއެވެ. އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޔޫކޭ، ފްރާންސް، އިޓަލީ އަދި ތުރުކީއެވެ.

2023 މާރޗް މަހު ރޯޔަލްޓީގެ ގޮތުގައި 13,939,236.90 ރުފިޔާ ލިބިފައިވެއެވެ.

- ކޮމެންޓް