ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 07:30
ފުލުހުން
ފުލުހުން
ރާއްޖެއެމްވީ
ފުލުހަކަށް ހަމަލާދިނުން
ފުލުހަކަށް ހަމަލާދިން 3 މީހުން ހައްޔަރުކޮށްފި
އެމީހުންގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފައި
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުން

ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20، 21 އަދި 25 އަހަރުގެ ތިން މީހުން ކަމަށެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ މި ތިން މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.

މި ތިން މީހުންގެ މައްޗަށް ކުރަނީ ފުލުހެއްގެ ގައިގައި ޖެހުމާއި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް