ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 07:26
މެޗަށްފަހު ރިޔާދު މާރޭޒް ހެޓްރިކެ ހެދި ބޯޅަ ހިފައިގެން
މެޗަށްފަހު ރިޔާދު މާރޭޒް ހެޓްރިކެ ހެދި ބޯޅަ ހިފައިގެން
ރޮއިޓާސް
އިނގިރޭސި އެފްއޭކަޕް
މާރޭޒްގެ ހެޓްރިކުން މެންޗެސްޓަރ ސިޓީ އެފްއޭކަޕް ފައިނަލަށް
 
ސިޓީން މެޗު ކާމިޔާބުކުރީ 3-0 ން

ރިޔާދު މާރޭޒްގެ ހެޓްރިކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް, އިނގިރޭސި އެފްއޭކަޕްގެ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ.

ސެމީފައިނަލް މެޗު ސިޓީން ކާމިޔާބުކުރީވެސް 3-0 ނެވެ. މާރޭޒް ސިޓީއަށް ލީޑް ނަގައިދިނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ ބާނާޑޯ ސިލްވާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ހާލަންޑް ހުރި ނަމަވެސް މެޗުގައި ޕެނަލްޓީ ޖެހީ މާރޭޒްއެވެ. ހާލާންޑް އަތުން އެންމެ ފަހުން މެޗުގައި ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައެވެ. ދެވަނަ ގޯލް މާރޭޒް ޖެހީ އިދިކޮޅު ހާފްގެ މެދުރޮނގާ ކައިރިން ބޯޅަ ހިފައިން ކުރިއަށް އަރާ އޭރިޔާ ތެރެއަށް ވަދެ ކީޕަރަށް ފުރުޞަތެއް ނުދީ ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. ހެޓްރިކް ފުރިހަމަކުރީ ގްރީލިޝް ވަރަށް ބަލާލާފަ ސީދާ މާރޭޒްއަށް ހުރަސްކޮށްލި ބޯޅަ ތިރިތިރިން ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. މެޗުގެ ފަހުބައިގަ ވެސް ލަނޑުޖަހާނެ ފުރުޞަތުތައް ސިޓީއަށް ލިބުނެވެ. އެކަމަކު ބޭނުން ނުކުރެވުނީއެވެ.

މެޗަށް ސިޓީ ނުކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެގޮތުން ރުބެން ޑިއާޒްއާއި ރޮޑްރީއާއި ޖޯން ސްޓޯންސްއާއި ކެވިން ޑެ ބުރޭނާއާއި ކީޕަރު އެޑާސަން މެޗުގެ އެއްވެސް ހިސާބެއްގައި ބޭނުން ނުކުރެއެވެ. މިމޮޅާއެކު ސިޓީ އެފްއޭކަޕްގެ ފައިނަލުން ޖާގަ ހޯދުމުން ސީޒަންގައި ތިން ތަށި ހޯދުމުގެ ފަހި ފުރުޞަތެއް އެބައޮތެވެ. ޕްރިމިއަރ ލީގު ދިފާއުކުރުމުގެ އަމިއްލަ ބާރު އެބައޮތެވެ. ޗެމްޕިއަންސް ލީގުގައި ވެސް އޮތީ ސެމީފައިނަލްގައެވެ. އެފްއޭކަޕް ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
50%
0%
0%
0%
ކޮމެންޓް