ކ. މާލެ
|
22 އޭޕްރިލް 2023 | ހޮނިހިރު 11:52
ރޮބާޓޯ ފިރްމީނޯ
ރޮބާޓޯ ފިރްމީނޯ
ޓްވީޓަރ
ލިވަޕޫލް
ލިވަޕޫލް ދޫކޮށްލުމަށްފަހު ފިރްމީނޯ ބާސެލޯނާ އަށް ބަދަލުވެދާނެ
 
ކުލަބާއެކު އެއްބަސްވުން އައުކުރުމުގެ މަޝްވަރާތަކުގައި ގޮތެއް ނުނިމި، ފިރްމީނޯ ވަނީ ކުލަބު ދޫކޮށްލަން ނިންމާފަ

ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ އެ ކުލަބު ދޫކޮށްލުމަށް ފަހު ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެދާނެ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެކުލަބާއެކު އެއްބަސްވުން އައުކުރުމުގެ މަޝްވަރާތަކުގައި ގޮތެއް ނުނިމި، ފިރްމީނޯ ވަނީ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެކަން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވެސް ވަނީ މީގެ ދެ މަސް ކުރިން ކަށަވަރުކޮށްދީފަ އެވެ. އަށް އަހަރަށް ފަހު ފިރްމީނޯ ލިވަޕޫލް ދޫކޮށްލުމަށް ފަހު ގުޅޭނެ ވަކި ކުލަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޭރުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލިވަޕޫލް ދޫކޮށްލުމަށްފަހު، ހިލޭ ޓްރާންސްފާއެއްގެ ދަށުން ފިރްމީނޯ ބަދަލުވަނީ ބާސެލޯނާ އަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ފިރްމީނޯ ވަނީ އެކަމަށް އެއްބަސް ވެސް ވެފަ އެވެ. ނަމަވެސް މިހާތަނަށް އެކަން ކަށަވަރުވެފައެއް ނުވެ އެވެ.

ލިވަޕޫލަށް މިހާތަނަށް ކުޅެދިން 360 މެޗުގައި ފިރްމީނޯ ވަނީ 109 ލަނޑު ޖަހައިފަ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ސީޒަނުގައި އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ގިނަ މެޗުތައް ގެއްލިފަ އެވެ. މި ސީޒަނުގައި ލިވަޕޫލަށް ކުޅެދިން 33 މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހައިފަ އެވެ. ފިރްމީނޯ ވަނީ ލިވަޕޫލާއެކު ކުލަބު ފުޓުބޯޅައިގެ ހުރިހާ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ އެ ޓީމާއެކު ހަތް ތަށި ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
33%
0%
0%
67%
ކޮމެންޓް